Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކާރެއްގެ މައްޗަށް ގަސް ޕޮޓްތަކެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ކާރެއްގެ މައްޗަށް ގަސް ޕޮޓްތަކެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މާލޭގެ އިއްޒުއްދީނު މަގުން ދުއްވައިފައި ދިޔަ ޓެކްސީއެއްގެ މައްޗަށް ގަސް ޕޮޓުތަކެއް ވެއްޓި، އެ ކާރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާގެ މަންޒަރުތައް ދައްކުވައިދޭ ބައެއް ފޮޓޯތައް މީސްމީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ގަސް ޕޮޓުތައް ވެއްޓުމުގެ ސަބަބުން އެ ކާރުގެ ފަހަތު ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައި ވެއެވެ. އަދި ކާރުގެ މަތި ވަރަށް ބޮޑަށް ބަނޑިވެފައި ހުރި ތަން ވެސް އެ ފޮޓޯތަކުން ފެނިގެން ދެއެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ އިއްޒުދީން މަގުން ދަތުރު ކުރަމުން ދިޔަ ކާރެއްގެ މައްޗަށް ގަސް ޕޮޓްތަކެއް ވެއްޓިފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 12:21ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

ޕޮޓުތައް ވެއްޓުމުގެ ސަބަބުން ކާރަށް ގެއްލުންވި ކަމުގައި ވިޔަސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް