ސަނީ ލިއޯނީ މާލެ އައިސްފި

ރާއްޖޭގެ މުނިފޫހިފިލުވުމުގެ އިންްޑަސްްޓްރީ ކުރިއެރުވުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރާ "ބައިސްކޯފަށް" ، ބޮލީވުޑްގެ އެކްޓްރެސް ސަނީ ލިއޯނީ ޒިޔާރަތްކޮށްފިއެވެ.
ސަނީ ލިއޯނީ އޭނާގެ އާއިލާއާ އެކު ބައިސްކޯފަށް ޒިޔާރަތް ކުރިކަން ބައިސްކޯފުން އިއްޔެ ވަނީ ހާމަކޮށްފައެވެ. އެގޮތުން އޭނާއާއި އާއިލާއާ އެކު ނަގައިފައިވާ ބައެއް ފޮޓޯތައް ވެސް ބައިސްކޯފުން ހިއްސާ ކޮށްފައިވެއެވެ.
ރާއްޖޭގެ ޤުދުރަތީ ރީތިކަމަށް އަބަދުވެސް ތައުރީފުކުރާ ސަނީ ވަނީ މީގެ ކުރިން ވެސް ޗުއްޓީ ހޭދަކުރަން ވަރަށް ގިނައިން ރާއްޖެ އައިސްފައެވެ. ނަމަވެސް މިއީ ބައިސްކޯފަށް އޭނާ ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.
ސަނީ ލިއޯނީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ޓީވީ އެކްޓްރެސް ޝްރައްދާ އާރްޔާ ވެސް ވަނީ ބައިސްކޯފަށް ޒިޔާރަތްކޮށް، އެތަން ބަލައިލައިފައެވެ. ޝްރައްދާ އެ ދަތުރު ރާއްޖެ އައީ އަލަތު ކައިވެންޏަށް ފަހު ހަނީމޫނަށެވެ.