ޚަބަރު ސިޔާސީ

ފައްޔާޒުގެ ކެމްޕެއިން އޮފީހެއް އައްޑޫގައި ހުޅުވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްްޔާޒު އިސްމާއިލްއާއި އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ކެމްޕެއިން އޮފީހެއް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފިއެވެ.

Ads by Sosun Fihaara

"ވަޑައިގަންނަވާ ހިންގާލަން" ނަމުގައި ހުޅުވި މި އޮފީހަކީ ރޮޒައިނާއާއި ފައްޔާޒުގެ ކެމްޕޭން އޮފީހުގެ ގޮތުގައި އައްޑޫގައި ހުޅުވި ފުރަތަމަ އޮފީހެވެ. މި އޮފީސް ހުންނާނީ ހިތަދޫ ބޮޑުމަގުގައި ހުންނަ "އީ-ހަބް "ފިހާރަ ކުރިމަތީގައެވެ.

އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒާއި ރޮޒައިނާއަށް ތާއީދުކުރައްވާ މެންބަރުންނާއި އެ ދެ ބޭފުޅުންގެ ގިނަ އަދަދެއް ސަޕޯޓަރުން ބައިވެރިވިއެވެ.

ފައްޔާޒާ އެކު އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ދެން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ. އަންނަ މެއި މަހު 14ވަނަ ދުވަހު އޮންނަ މި އިންތިޚާބަށް ދެ ކެނޑިޑޭޓުން ދަނީ ފޯރީގައި ކެމްޕެއިން ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!