ޚަބަރު

10 ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

10 ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ޢިއުލާންކޮށްފިއެވެ.

Ads by STELCO

ޖޭއެސްސީން ކޮށްފައިވާ އިޢުލާންގައި ބުނެފައި ވަނީ ދ.ކުދަހުވަދޫ އަދި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓުން ބޭނުންވާ ކަމަށެވެ.

މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފައިވަނީ، ގދ. ފަރެސްމާތޮޑާ، ފ. ފީއަލީ، ބ. ދަރަވަންދޫ، ތ. ގުރައިދޫ، ށ. ކޮމަންޑޫ، ށ. ފުނަދޫ، ހދ. ނޮޅިވަރަމް އަދި ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

މެޖިސްޓްރޭޓުންނަށް މުސާރައިގެ ގޮތުގައި 18,850.00 ރުފިޔާ ލިބެއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 4,000.00 ރުފިޔާ ރިސްކު އެލަވަންސްގެ ގޮތުގައި 600.00 ރުފިޔާ ލިބެއެވެ. އިސް މެޖިސްޓްރޭޓުންނަށް މުސާރައިގެ ގޮތުގައި ލިބެނީ 21,000.00 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 4,000.00 ރުފިޔާއާއި ރިސްކު އެލަވަންސްގެ ގޮތުގައި 600.00 ރުފިޔާ ލިބެއެވެ.

މީގެ އިތުރުން އެ މަޤާމަށް ކުރިމަތިލާ މީހެއްގެ ގައިގައި ހުންނަން ޖެހޭ އަޚުލާގާއި ސުލޫކު ވެސް  އެ އިއުލާނުގައި ބަޔާން ކޮށްފައިވެއެވެ. އަދި އެ މަގާމަށް ކުރިމަތިލެވޭނީ 25 އަހަރުން މަތީގެ މީހުންނަށް އެކަނި ކަމަށް ވެސް ބުނެފައިވެއެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައި ވަނީ އޭޕްރީލް މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!