Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރޯދައާ ދިމާކޮށް ގެންނަ ބައެއް މުދާ ބަނދަރުން ނެރުން އަވަސްކުރަން އެމްޕީއެލްއިން ޚާއްސަ ފިޔަވަޅުތަކެއް

ރޯދައާ ދިމާކޮށް ގެންނަ ބައެއް މުދާ ބަނދަރުން ނެރުން އަވަސްކުރަން އެމްޕީއެލްއިން ޚާއްސަ ފިޔަވަޅުތަކެއް

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް ގެންނަ ބައެއް މުދާ ވިޔަފާރި ބަނދަރުން ނެރުން އަވަސްކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ޚާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެެ.

އެގޮތުން ރޯދަ މަހާ ދިމާކޮށް ވިޔަފާރި ބަނދަރުން ނެރުން އަވަސްކުރަން އެމްޕީއެލްއިން ނިންމައިފައި ވަނީ ހަލާކުވާ ޒާތުގެ މުދާ ކަމަށް އެމްޕީއެލްއިން މައުލޫމާތު ދީފައިވެއެވެ.

އެމްޕީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މާލެއާއި ހިތަދޫ ބަނދަރު ބަލަހައްޓާ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ ރޯދަ މަހަށް ގެންނަ މުދާ ކްލިއާކުރުން ކުރިއަށްދާ ގޮތް ވިލަރެސް ކުރުމަށް ޓަކައި ހާއްސަ ޓީމެއް އެކުލަވައިލައިފައިވާ ކަމަށާއި މިގޮތަށް ގެންނަ މުދާ ނެރުން އަވަސް ކުރަން ގިނަ ފިޔަވަޅުތަކެއް ރޯދަމަހު އަޅުއްވާނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

"އޮޕަރޭޝަންތައް އަވަސްކުރަން ހާއްސަކޮށް ޕެރިޝަބަލް ބޯޓްތަކަށް އިންތިޒާމުތަކެއް ހުންނާނެ. ހާއްސަ ޓާސްކް ފޯހެއް އޮންނާނެ، އަދި ހަމަ ޕެރިޝަބަލް އޮޕަރޭޝަންއާއި ކްލިއަރެންސް އޮޕަރޭޝަން އަވަސް ކުރަން ޓީމެއް ހަރަކާތްތެރިވާނެ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ބައެއް ބޮޑެތި ވިޔަފާރިތަކަށް ޑައިރެކްޓް ޑެލިވަރީ ސާވިސަސްގެ އިންތިޒާމު ވަނީ ހަމަޖައްސަވައިފައި ކަމަށެވެ. އެހެންވެ ރޯދަ މަހު ވޯކިން އަވާސް ކުރުވިޔަސް މުދާ ނެރުން އަވަސް ވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ރޯދަ މަހަށް ހާއްސަކޮށް އެ ކުންފުނިން މުދާ ބާލަން ބޭނުން ކުރާ އުޅަނދުތައް ވެސް ޕެރިޝަބަލްއަށް ހާއްސަކޮށްފައިވާއިރު ކޮންޓެއިނާ މުދާ ބޭލުން ވެސް ލަސްނުވާނެ ގޮތަކަށް ރާވައިފައިވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް