ދުނިޔެ

ޔޫކްރެއިނަށް ދޭ ހަމަލާތައް ބޮޑުތަނުން ދަށްކުރަން ރަޝިއާއިން ނިންމައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޔޫކްރެއިނަށް ދެމުންގެންދާ ހަމަލާތައް ބޮޑުތަނުން ދަށްކުރަން ރަޝިއާއިން ނިންމައިފިއެވެ.

Ads by Sosun Fihaara

ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި، ޔޫކްރެއިންގެ ވެރިރަށް ކިޔޭވް ވަށައިގެންވާ ސަރަހައްދާއި އުތުރުގެ ޗާނިހިވް ސިޓީގައި ކޮމްބެޓް އޮޕަރޭޝަން ދަށްކުރިއިރު ސުލްހައިގެ ވާހަކަތަކުގެ އައު ބުރެއް ތުރުކީގައި މިއަދު ވަނީ ފަށައިފައެވެ.

އެގޮތުން ސުލްހައިގެ ވާހަކަތަކުގައި ވެސް ރަޝިއާއިން އެންމެ ބޮޑަށް ޑިމާންޑު ކޮށްފައި ވަނީ ޔޫކްރެއިން ވަކި ފަރާތަކަށް ނުޖެހި އޮތުމަށެވެ. ސަލާމަތީ ގޮތުން ރަޝިއާއިން ގެރެންޓީ ދޭނަމަ، ޔޫކްރެއިނުން މިއަދު ވަނީ އެ ޝަރުތަށް އެއްބަސްވެފައެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ރަޝިއާގެ ފޮރިން މިނިސްޓަރުގެ ނައިބު އެލެގްޒެންޑާ ފޮމިން ބުނީ ޔުކްރެއިން ވަކި ފަރާތަކަށް ނުޖެހުމާއި ނަން-ނިއުކްލިއާ ސްޓޭޓަސް އަދި ސެކިއުރިޓީ ގެރެންޓީގެ ދާއިރާއިން، ވާހަކަތަކުގައި ކުރިއެރުން ލިބެމުންދާ ކަމަށެވެ.

މީގެ އިތުރުން ރަޝިއާއިން ދެމުން ދިޔަ ހަމަލާތައް މަދުކުރަން ޑިފެންސް މިނިސްޓްރީން ނިންމީ ސުލްހައިގެ މަޝްވަރާތަކުގެ އިތުރު ބުރަކަށް ފުރުސަތު ދިނުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!