Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފްލޯޓިންގ ސިޓީ މަޝްރޫއުގައި ސިޓީ ކައުންސިލުން ބައިވެރިވެއްޖެ

ފްލޯޓިންގ ސިޓީ މަޝްރޫއުގައި ސިޓީ ކައުންސިލުން ބައިވެރިވެއްޖެ

މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއުގައި ޕާޓްނަރެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއްޖެއެވެ.

ބިލިއަނެއްހައި ޑޮލަރު ހަރަދުކޮށްގެން ހަދަން ނިންމައިފައިވާ މި މަޝްރޫއުގައި މާލޭ ސިޓީ ކައުންސިލުން ބައިވެރިވުމާ ގުޅިގެން، މިކަމާ ގުޅޭ އެމްއޯޔޫގައި ސިޓީ ކައުންސިލްގެ ފަރާތުން މިއަދު ސޮއި ކުރެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އަދި ފްލޯޓިން ސިޓީ މަޝްރޫއު ހިންގާ ޑަޗް ޑޮކްލޭންޑް އިންޓަނޭޝަނަލްގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ ސީއީއޯ ޕައުލް ވެން ޑީ ކޭމްޕެވެ.

އެމްއޯޔޫގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ ފްލޯޓިން ސިޓީ މަޝްރޫއުގެ އެމްއޯޔޫއެއްގައި ސިޓީ ކައުންސިލުން ސޮއިކުރުމުގެ ބޭނުމަކީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިނުމަށް މަސައްކަތް ކުރުން ކަމަށެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކިތަންމެ ކުޑަ ނަމަވެސް ހައްލެއް ލިބޭ ކަމަކަށް ސިޓީ ކައުންސިލުން މަރުހަބާ ކިޔާނެ ކަމަށާއި މާލެ ސިޓީ ކައުންސިލްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މާލޭގެ ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަން ލިބޭނެ ފުރުސަތުތައް ހޯދައިދިނުންކަން އެމްއޯޔޫއިން އެނގިގެންދާނެ ކަމުގައެވެ.

<img class="alignnone wp-image-147759 size-full" src="https://cdn.dhen.mv/wp-content/uploads/2022/03/5c9c28bc-e63c-499b-a09f-8bd1f06330ab.jpg" alt="" width="800" height="533" />

ފްލޯޓިން ސިޓީ މަޝްރޫއުގައި ޕާޓްނަރެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެފައި މިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 14 ކައުންސިލަރުންގެ އިއްތިފާގުން އެ މަޝްރޫއުގައި ބައިވެރިވާން ހުއްދަ ދިނުމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް