Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޝަރުޢީ ދާއިރާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް ލަހުން ހުށަހަޅާފައިވާތީ ބޭރުކޮށްލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް ލަހުން ހުށަހަޅާފައިވާތީ ބޭރުކޮށްލައިފި

ކުޑްކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއްގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ލަހުން ފޮނުވާފައިވާތީ، އެ މައްސަލަ ނުބެލޭނެ ކަމަށް އެ ކޯޓުން ނިންމައިފިއެވެ.

ނ. އަތޮޅުގެ ރަށެއްގައި 2015 ވަނަ އަހަރު ހިނގި މި ހާދިސާއާ ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ، އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއްގެ ހަށިގަނޑުގައި، ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާ ކަމުގެ ދައުވާ އެމީހާގެ މައްޗަށް އުފުލިފައިވާ ކަމަށެވެ.

ދައުލަތުން މި މައްސަލަ ބެލުމަށް އެންމެ ފުރަތަމަ ހުށަހެޅީ ނ. އަތޮޅުގައި ހިންގާ މެޖިސްޓްރޭޓް ކޯޓަކަށެވެ. ނަމަވެސް ދައުވާ ލިބޭ ފަރާތުގެ އެދުމުގެ މަތިން އެ މައްސަލަ ފަހުން ވަނީ ކްރިމިނަލް ކޯޓުން ބަލައިގޮތަށް ހަމަޖައްސާފައެވެ.

Advertisement
Ooredoo — Square (box)

ޕީޖީ އޮފީހުން މައްސަލަ މެޖިސްޓްރޭޓު ކޯޓުން ނަގައި ކްރިމިނަލް ކޯޓަށް ހުށަހެޅީ 145 ދުވަސް ފަހުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް