Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ކެމްޕޭނަށް ފައްޔާޒު 100 ރަށަކަށް، އަމާޒު އިތުރު 86 ރަށަކަށް

ކެމްޕޭނަށް ފައްޔާޒު 100 ރަށަކަށް، އަމާޒު އިތުރު 86 ރަށަކަށް

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކެމްޕޭނަށް މިހާތަނަށް 100 ރަށަކަށް ވަޑައިގެންފިއެވެ.

ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ހިންގާލަން ކެމްޕޭނުގެ އެންމެ މުހިންމު ސިޔާސަތަކީ މެންބަރުންގެ ގާތުން މެންބަރުން އެދޭގޮތް ހޯދުން ކަމަށެވެ. އަދި “އަޅުގަނޑުމެން މެންބަރުން ގާތަށް މިކުރާ ދަތުރުތަކުގެ ތެރެއިން 100 ވަނަ ބޮޅު އަމުނާމިލަނީ ގއ. ވިލިނގިއްޔަށް” ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ކެމްޕެއިން ދަތުރުގައި އިތުރު 86 ރަށަކަށް ދިޔުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒު ވާދަކުރައްވާ އިރު އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވެސް ގެންދަވަނީ ފައްޔާޒާއެކު ކެމްޕެއިން ކުރައްވަމުންނެވެ.

ކެމްޕެއިން ދަތުރުގައި އެންމެ ފަހުން ފައްޔާޒު ވަޑައިގެންނެވީ ހުވަދޫ އަތޮޅަށެވެ. ހުވަދޫ އަތޮޅުގެ އިތުރުން، އައްޑޫ ސިޓީ، ފުވައްމުލަށް، ބ. އަތޮޅު، ބޮޑުތިލަދުންމަތީގެ ރަށްރަށުގެ އިތުރުން މިލަދުންމަޑުލު ދެކުނުބުރީގެ ރައްޔިތުންނާވެސް ފައްޔާޒު ވަނީ ބައްދަލުކުރައްވައިފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒާއެކު ދެން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)އެވެ. އިންތި މިވަގުތު ހުންނެވީ ކެމްޕެއިން ދަތުރުފުޅުގައި ނ. އަތޮޅުގައެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް