Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މުހިންމު މަސައްކަތެއް ކުރުމަށް ޓަކައި މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކަނޑައިލަނީ

މުހިންމު މަސައްކަތެއް ކުރުމަށް ޓަކައި މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކަނޑައިލަނީ

ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ސްޓޭޓް އިލެކްޓްރިކަލް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި މިއަދު 15:00އިން 16:30އަށް ހެންވޭރާއި ގަލޮޅުގެ އަމީނީމަގާއި، މޫނިމާހިނގުން ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ބައެއް ކުހިންމު މަސައްކަތްތަށް ކުރުމަށް ޓަކައި މީގެ ކުރިން ވެސް ސްޓެލްކޯއިން ވަނީ މި ފަދައިން އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑައިލައިފައެވެ. ނަމަވެސް ކަރަންޓު ކަނޑައިލުމުގެ ކުރިން، ކަސްޓަމަރުން އެކަމަށް ތައްޔާރުވާން ވަގުތު ދިނުމަށް ޓަކައި ސްޓެލްކޯއިން ކަރަންޓު ކަނޑައިލާނެ ވަގުތު ދުރާލައި އިއުލާނު ކުރެއެވެ.

Advertisement
HDC — Sidebar (box)

https://twitter.com/STELCOMALDIVES/status/1509460063370772484?s=20&t=7GDyZP9fbUjszY53-joxSw

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް