ހެވީލޯޑް ވެހިކަލަކުން ޖެހި އަންހެނަކަށް އަނިޔާވެއްޖެ

ހެވީލޯޑް ވެހިކަލަކާއި ސައިކަލެއް ޖެހި ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހަވީރު 4:30ހައިއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބްރިޖުން ދުއްވައިފައި ދިޔަ ހެވީ ލޯޑް ވެހިކަލަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓުުގައި ސައިކަލު ދުއްވި އަންހެން މީހާއަށް އަނިޔާ ވެގެން ހުޅުމާލޭ ދޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބައްލަވަމުންނެވެ.
ބަޔެއް ކުދިން ސައިކަލް ދުއްވަނީ ފަރުވާ ކުޑަކޮށްކަން ފާހަގަ ކުރެވޭ ތިމާގެ ނަފުސަތް ބެލުމެއްނެތި ބާރުބާރަށް އެއްޗެހި ދުއްވަން ނުޖެހޭ ތަންތަނުގައިވެސް އެބަ ދުއްވާލެވޭ !