Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޝަރުޢީ ދާއިރާ

ހެކި ނެތުމުން މުލީ ކޯޓުގެ މެޖިސްޓްރޭޓުގެ މައްޗަށް ކުރި ދައުވާ ސާބިތެއް ނުވި

ހެކި ނެތުމުން މުލީ ކޯޓުގެ މެޖިސްޓްރޭޓުގެ މައްޗަށް ކުރި ދައުވާ ސާބިތެއް ނުވި

މ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުން ދިޔަ ދަރިވަރަކަށް ރުޅި އިސްކޮށް އިހާނެތިކޮށް ހިތި މައްސަލައެއްގައި ސަސްޕެންޑްކޮށްފައިވާ އެ އަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓު ހުސައިން އާމިރުގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މެޖިސްޓްރޭޓު އާމިރުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމު ހާސިލު ކުރަމުން ދިޔަ 18 އަހަރުން ދަށުގެ ކުއްޖަކަށް އިހާނެތިކޮށް ހިތުމާ ގުޅިގެންނެވެ. މި ހާދިސާ ހިނގައިފައި ވަނީ މީގެ ފަސް އަހަރު ކުރިން 2017ވަނަ އަހަރުގައެވެ.

މިކަން ހިނގައިދިއުމަށް މެދުވެރިވެފައި ވަނީ މެޖިސްޓްރޭޓަރު އާމިރުގެ ދަރިފުޅަކަށް އެ ދަރިވަރުގެ ފަރާތުން ދިމާވި ގަނާކުރުމުގެ އަމަލަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement
HDC — Sidebar (box)

މި މައްސަލައާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ދައުލަތުން ކުރި ދައުވާ ސާބިތުކުރުމަށް ޓަކައި، މެޖިސްޓްރޭޓް އާމިރު އެ ދަރިވަރަށް އިހާނެތިކޮށް ހިތިކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް ޝަރީއަތުގެ ކުރިމަތީގައި އޮތީ މެޖިސްޓްރޭޓް އާމިރު އައިސް އެ ދަރިވަރުގެ އަތުގައި ހިފިކަމަށް ދަރިވަރު ދިން ބަޔާން ކަމަށް ވާއިރު، އެ ބަޔާނަށް ބާރު ލިބޭ އެއްވެސް ހެއްކެއް ނުލިބޭ ކަމަށް އެ ހުކުމްގައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް