ބޮލީވުޑް މުނިފޫހިފިލުވުން

ޖާންވީ، ކިމް ކާޑޭޝިއަންއަށް ވާން އުޅެނީތަ؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ބަތަލާ ޖާންވީ ކަޕޫރު ހެދުން އަޅާ ގޮތާ ހެދިފައި ހުންނަލެއް ޗާލުކަމުގެ ވާހަކަ މީޑިއާތަކުގައި އަބަދުވެސް ދައްކައެވެ. ޒުވާން ބަތަލާ އެކި ހަފްލާތަކުގައި ބައިވެރިވުމަށް ލައިފައި ހުންނަ ހެދުންތައް ބެލުންތެރިންނަށް ވަރަށް ކަމުދެއެވެ.

Ads by MWSC

އެ ގޮތުން އެންމެ ފަހުން ޖާންވީ ލީ ފޮޓޯއާއެކު ސޯޝަލް މީޑިއާގައި އޭނާގެ މަގްބޫލުކަން ވަނީ އިތުރުވެފައެވެ. ގަޔަށް ބާރުކޮށް ފަހައިފައި ހުރި ރިހި ކުލައިގެ އެ ހެދުން ގިނަ ބަޔަކަށް ވަރަށް ކަމުދިޔައެވެ.

އިންސްޓަގްރާމަށް އެފޮޓޯ ދޫކޮށްލުމާ އެކު ފޭނުން ޖާންވީ އަޅާ ކިޔަންފެށީ އެމެރިކާގެ މަޝްހޫރު ޓީވީ ސެލެބްރިޓީ ކިމް ކާޑޭޝިއަންއާއެވެ. ކިމްއަކީ ވެސް ގަޔަށް ބާރު އެއްޗެހި ލައިގެން އޭނާގެ "ކާވްސް"ތައް ދައްކާ ތަރިއެކެވެ. ޖާންވީ އެ ހެދުން ލައިގެން ނަގައިފައިވާ ފޮޓޯތަކުގައި ވެސް ކިމްއާ ވައްތަރު ގޮތެއް ހުންނަކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޖާންވީ މި ހެދުން ލައިފައި ވަނީ ލެކްމޭގެ ފެޝަން ވީކަކަށެވެ.

މީގެ ކުރިން ޖާންވީ ބުނީ އޭނާ ހެދުން ފަހަނީ ގަޔަށް ވީހައި ވެސް ފަސޭހަހެން ހީވާ ގޮތަކަށެވެ. އަދި އެ ހެދުމެއް ލުމުން އުފާވެރިކަން ގެނުވާ ނަމަ އޭނާއަށް އެ ހެދުން ކަމުދާނެކަމަށް ވެސް ޖާންވީ ބުންޏެވެ.

ފިލްމީ ދާއިރާއަށް ނިކުތުމުގެ ކުރިން ޖާންވީ ވަނީ ތުންފަތުގެ ސާޖަރީއެއް ވެސް ހަދައިފައެވެ. ހަށިގަނޑުގެ އިތުރު ސާޖަރީއެއް ހެދިކަމަކަށް މީޑިއާތަކުގައި އަދި ރިޕޯޓެއް ނުކުރެއެވެ.

ކިމްއަކީ ވެސް ހަށިގަނޑުގެ ގިނަ ސާޖަރީތަކެއް ހަދާފައި ހުރި ތަރިއެކެވެ. އޭނާގެ ހަށިގަނޑަށް ގެނައި ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިން ދަނީ ކޮސްމެޓިކް ސާޖަރީ ހައްދައި އެކި ގޮތްގޮތަށް ހަށިގަނޑު ބަދަލުކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!