ގައިދީންނަށް ޚާއްސަކޮށް ފުޓްސަލް ދަނޑެއް އަޅަނީ

ގައިދީންނާއި އޮފިސަރުންނަށް ޚާއްސަކޮށް ފުޓްސަލް ދަނޑެއް އަޅަން ނިންމައިފިއެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވީ، މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނަަށް ވެސް ކަސްރަތުކޮށް އަދި ކުޅެއުޅުމުގެ ފުރުސަތު އޮންނަ ޖެހޭ ކަމަށް އެ މިނިސްޓްރީން ދެކޭ ކަމަށާއި އެހެންކަމުން ގައިދީންނަށާއި އޮފިސަރުންނަށް ޚާއްސަކޮށް ފުޓްސަލް ދެ ދަނޑެއް ތަރައްޤީ ކުރުމަށް ނިންމައިފައިވާ ކަމަށެވެ.
އެ ފުރުސަތު ޔޫތު މިނިސްޓްރީން ތަނަވަސްކޮށްދީ، ދެ ފުޓްސަލް ދަނޑު ތަރައްގީކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރ މަހްލޫފް ވިދާޅުވެފައިވެއެވެ.
https://twitter.com/AhmedMahloof/status/1511992775675326467?s=20&t=9sz7pKZ6zefyljRDBlQ5BQ
މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.





.jpeg?prefix=media)

ކޮމެންޓް