Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގަހެއްގެ ބޮޑު ގޮފިގަނޑެއް ވެއްޓި ސޯސަންމަގު ބަންދު

ގަހެއްގެ ބޮޑު ގޮފިގަނޑެއް ވެއްޓި ސޯސަންމަގު ބަންދު

ގަހެއްގެ ބޮޑު ގޮފި ގަނޑެއް ވެއްޓުމުގެ ސަބަބުން މާލޭގެ ސޯސަން މަގުގައި ދުއްވައި އެއްޗެހި ދުއްވުމަށް ދަތިވެ، އެ މަގު ބަންދު ވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލަކު މިއަދު މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވީ ސޯސަން މަގު ކެލާމާ ވޯކްޝޮޕް ކައިރީގައި ހުރި ގަހެއްގެ ބޮޑު ގޮފިގަނޑެއް ވެއްޓި މަގު ބަންދު ވެފައިވާ ކަމަށެވެ. އަދި އެ ގޮފިގަނޑު ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާގެ ބައެއް ފޮޓޯތައް ސިޓީ ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

<img class="alignnone wp-image-148933 size-full" src="https://cdn.dhen.mv/wp-content/uploads/2022/04/ސައިކަލު-ގޮފި.jpg" alt="" width="1200" height="900" />

ވެއްޓުނު ގޮފިގަނޑުގެ ބައެއް ، ސައިކަލްތަކުގެ މައްޗަށް ވެސް ވެއްޓިފައި ވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް