Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތެއް މާދަމާ ހެނދުނު

ރައީސް ޔާމީންގެ ޝަރީއަތެއް މާދަމާ ހެނދުނު

ކުރީގެ ރައީސް , ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލައިފައިވާ ދެ ދައުވާއެއްގެ ޝަރީއަތެއް މާދަމާ ހެނދުނު 10:30އަށް ތާވަލު ކޮށްފިއެވެ.

އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ މަނީ ލޯންޑްރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދެ ދައުވާއެކެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން މި ދެ ދައުވާ އުފުލައިފައި ވަނީ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އާރަށް ދޫކުރުމުގެ ތެރެއިން އޭނާގެ އަތުން އެއް މިލިއަން ޑޮލަރުގެ ރިޝްވަތެއް ނެންގެވި ކަމަށާއި، އެ ފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ބުނެއެވެ. މި މައްސަލައިގައި ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލައިފައެވެ.

Advertisement
Allied — Dhen Online (box)

މި މައްސަލައިގައި އެންމެ ފަހުން ބާއްވައިފައިވާ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ދިފާއީ ހެކިން ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ޝަފަހީ ހަތް ހެކިންނާއި ކިތާބީ 11 ހެއްކެވެ. ޔޫސުފް ނައީމް ވަނީ ދިފާއީ ހެކިންގެ ގޮތުގައި 13 ހެއްކެއް ހުށަހަޅައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ ބާއްވާ އަޑުއެހުމުގައި ހަމަޖެހިފައި ވަނީ މިމައްސަލައިގައި ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމާއި، އެއަށް ފަހު މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ ނިންމުމެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް