Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނޭވާ ހޮޅިން ނެގި އެއްޗިހީގެ ތެރޭގައި ޕިނާއި، ފައިސާއާއި ގައުކޮޅު ވެސް

ނޭވާ ހޮޅިން ނެގި އެއްޗިހީގެ ތެރޭގައި ޕިނާއި، ފައިސާއާއި ގައުކޮޅު ވެސް

ސަރުކާރުގެ މައި ހޮސްޕިޓަލް ، އައިޖީއެމްއެޗުގައި ކުރި ނޭވާ ހޮޅީގެ ސަރޖަރީތަކުގެ ތެރެއިން ނަގައިފައިވާ ބައެއް ތަކެތި، އެ ހޮސްޕިޓަލުގެ އެތެރެހަށީގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު އަލީ ދައްކައިލައިފިއެވެ.

ސަރޖަރީތަކުން ނަގައިފައިވާ ބައެއް ތަކެތީގެ ފޮޓޯ ޓްވިޓާގައި ހިއްސާ ކުރައްވަމުން ޑރ. މުހައްމަދު އަލީ އިއްޔެ ވިދާޅުވީ، އެ ތަކެއްޗަކީ ފުއްޕާމޭގެ ހާއްސަ ޑޮކްޓަރުން ކަމުގައިވާ ޑރ މޫސާ ހުސައިނާއި ޑރ މުހައްމަދު އިސްމާއީލްގެ ޓީމާ އޭނާ ގުޅިވަޑައިގެންނެވި ފަހުން ކުރި އޮޕަރޭޝަންތަކުގެ ތެރެއިން މީހުންގެ ނޭވާ ހޮޅިން ނެގި ތަކެތި ކަމަށެވެ.

ނޭވާ ހޮޅިން އޮޕަރޭޝަންކޮށްގެން ނަގައިފައިވާ ތަކެތީގެ ތެރޭގައި އެންމެ ގިނައީ ބުރުގާގައި ޖަހާ ޕިންކަން ފާހަގަ ވެއެވެ. އޭގެ އިތުރުން ލާރިއާއި، ގައުކޮޅާއި އެކި ކަހަލަ ޕްލާސްޓިކުކޮޅު ވެސް ހިމެނެއެވެ.

Advertisement
Ooredoo — Square (box)

https://twitter.com/Moxamedalu/status/1513112824742309895?s=20&t=OWMziq1MyUqyj0ILDoB84Q

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް