ފާއިތުވީ ދެ މަސް ތެރޭ އަރިދަފުސް ރޯގާގެ 30،525 ވޭދަނަ

ފާއިތުވީ ދެ މަސް ތެރޭ އަރިދަފުސް ރޯގާގެ 30،525 ވޭދަނަ ރިޕޯޓު ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައި ގޮތުުގައި ރޯގާގެ ގޮތުގައި މިދުވަސްކޮޅު އެންމެ އާންމުކޮށް ފެތުރެމުން ދަނީ އަރިދަފުސް ރޯގާއެވެ.
އެގޮތުން މިދިޔަ މަހު އަރިދަފުސް ރޯގާގެ 14،399 ވޭދަނަ ރިޕޯޓްކުރިއިރު އޭގެ ކުރީ މަހު 16،125 ވޭދަނަ ރިޕޯޓްކޮށްފައިވެއެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ އަހަރުގެ މިހައިތަނަށް ބަލާއިރު، މި އަހަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ.
އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުންގެ އިތުރުން ފާއިތުވީ ދެމަސް ދުވަހު ދެން އެންމެ ގިނައިން ފެތުރިފައި ވަނީ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލި ކަމުގައި ވެސް ރިޕޯޓުތަކުން ދައްކައެވެ. އެގޮތުން މިދިޔަ ފެބްރުއަރީމަހު ބޭރަށް ހިންގުމާއި ހޮޑުލުމުގެ 2739 ވޭދަނަ ރިޕޯޓްކުރިއިރު، މާޗް މަހު ރިޕޯޓް ކުރީ 2063 ވޭދަނައެވެ. މިއީ ވެސް މިދިޔަ އަހަރުގެ މިދުވަސްވަރާ އަޅައި ބަލާއިރު އިތުރުވެފައިވާ އަދަދެކެވެ.