Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގައްދޫ މަސް ޕްލާންޓު އެޅުން ހުއްޓުވި ސަބަބު ހޯދަން މިނިސްޓަރު އަމީރާ ސުވާލު ކުރަނީ

ގައްދޫ މަސް ޕްލާންޓު އެޅުން ހުއްޓުވި ސަބަބު ހޯދަން މިނިސްޓަރު އަމީރާ ސުވާލު ކުރަނީ

ގދ. ގައްދޫގައި އަޅަން ގަސްދު ކުރި ގޭދޮށު މަސްޕްލާންޓް ނުވަތަ މަސް ފެކްޓްރީ އެޅުން ހުއްޓުވައިފައިވާ ސަބަބު ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އޮޅުންފިލުވަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ސުވާލުކުރަން ހުށަހަޅައިފިއެވެ.

ގައްދޫ ގޭދޮށު މަސްޕްލާންޓު އެޅުން ހުއްޓުވުމާ ގުޅޭ ގޮތުން ސުވާލު ކުރަން ހުށަހަޅައިފައި ވަނީ ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރެވެ.

ލިޔުމުން ޖަވާބު ދެއްވުމަށް އެދި މެންބަރު ޒާހިރު ހުށަހަޅުއްވައިފައި ވަނީ ގައްދޫ ކައުންސިލުން ކުރި ބިޑެއްގައި ބޭރުގެ ފަރާތަކުން ގައްދޫ ކައުންސިލާ އެކު ގޭދޮށު މަސް ފެކްޓްރީއެއް ހިންގަން ތައްޔާރުވެ ތިބި ކަމަށް އެ ފަރާތުން ބުނުމާ އެކު އެކަން ވިޔަނުދީ ސަރުކާރުން ހިފަހައްޓަވައިފައިވާ ސަބަބާއި، ގޭދޮށު މަސް ފެކްޓްރީ އެޅުމުގެ ސިޔާސަތު ބަދަލުކުރަން ކެބިނެޓަށް ހުށަހަޅަން ގަސްތުކުރައްވާތޯއެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން، ގޭދޮށު މަސް ޕްލާންޓު ހަދައި ހިންގުމަކީ އެމްޑީޕީގެ ވައުދުނާމާގައި ހިމެނޭ ކަމެއް ކަމަށާއި ވެރިކަންކުރާ ކޯލިޝަންގެ މެނިފެސްޓޯގައި ވެސް ބަލައިގެންފައިވާ ކަމެއްކަން ވެސް މެންބަރު ޒާހިރުގެ ސުވާލުގައި ފާހަގަ ކުރައްވައިފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް