Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ އިންސާފު އަވަސްކުރަން ގޮވައިލައިފި

ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ އިންސާފު އަވަސްކުރަން ގޮވައިލައިފި

ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ އިންސާފު އަވަސް ކުރަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެންއެންޕީ)އިން ގޮވައިލައިފިއެވެ.

އެމްއެންޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުޑަކުދިންނަށް ކުރެވޭ އަނިޔާގެ ތަފާތު އެކި މައްސަލަތަކުގައި އިންސާފު ނުލިބުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައި ވެސް އެ ޕާޓީން ބުނެފައިވެއެވެ.

އައްޑޫ ސިޓީގައި އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ދާދި ފަހުން ޖިންސީ ގޯނާ ކުރިކަމަށް ބުނެ ފެންމަތިވެފައިވާ މައްސަލަ ވެސް އެމްއެންޕީގެ ބަޔާނުގައިވެއެވެ. އަދި އެ މައްސަލައާ ގުޅިގެން އައްޑޫސިޓީގައި ހިނގަމުންދާ ބައެއް ކަންކަން ވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

އެގޮތުން ބަޔާނުގައި ބުނެފައި ވަނީ އައްޑޫ ސިޓީގައި ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކީ އެމްއެންޕީއަށް އެއްގޮތަކަށް ވެސް ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.

މިމައްސަލައާ ގުޅިގެން ގާނުނުތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި އިންސާފު ގާއިމު ކުރުމަށް ވެސް އެމްއެންޕީން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް