Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

"ނިލަންދޫ ތަރި"ޤުރުއާން މުބާރާތް: ގަދަ ނުވައެއް ހޮވަައިފި

"ނިލަންދޫ ތަރި"ޤުރުއާން މުބާރާތް: ގަދަ ނުވައެއް ހޮވަައިފި

އޮޑިޝަނެއް ބާއްވައި ގަދަ 12 ބައިވެރިންނާ އެކު ކުރިއަށްގެންދާ "ފ.ނިލަންދޫ ތަރި ޤުރުއާން މުބާރާތުގެ ގަދަ ނުވައެއް ހޮވައިފިއެވެ.

ރަމަޟާންމަހު ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހުގެރޭ ނިލަންދޫ ލާރނިންގ ސެންޓަރުގައި ބާއްވަމުން އަންނަ މުބާރާތުގެ 2ވަނަ ހަފްތާގެ ކިޔެވުން ރޭ ވަނީ ބާއްވައިފައެވެ. މިރޭގެ ކިޔެވުމަށް ބަލައި ތިން ބައިވެރިއަކު ވަނީ މުބާރާތާ އަލްވަދާޢު ކިޔައިފައެވެ.

[caption id="attachment_149423" align="alignnone" width="452"]<img class="wp-image-149423 " src="https://cdn.dhen.mv/wp-content/uploads/2022/04/482CF4DC-8589-47E2-B35B-5B1FF70D51CB-300x200.jpeg" alt="" width="452" height="301" /> 11ވަނައަށް ހޮވުނު މަޒީނާ އިނާމާ ޙަވާލުވަނީ[/caption]

Advertisement
HDC — Sidebar (box)

&nbsp;

ރޭ މުބާރާތާ އަލްވަދާޢު ކިޔައިފައި ވަނީ ފ.ނިލަންދޫ / ވައިއެރޭގެ ، ފަދުވާ މޫސާ ނަޢީމުއާއި ، ފ.ނިލަންދޫ / ހިޔާ ، މަޒީނާ ޢަބްދުﷲ އަޙުމަދާއި ފ.ނިލަންދޫ / ކަރަންކާވިލާ ، އާނިޔާ ޢަލީއެވެ. މި ތިން ބައިވެރިންނަށް ވަނީ ނިލަންދޫ ކައުންސިލުން ހުށަހަޅާފައިވާ ފައިސާގެ އިނާމާއި ތަދްރީސުލް ޤުރުއާނުލް ކަރީމުން ހުށަހަޅައިފައިވާ ފައިސާގެ ޢިނާމާއި ނިހާން އިންވެސްޓްމަންޓުން ސްޕޮންސަރކޮށްގެން ނިލަންދޫ ކައުންސިލުން ދޭ ޝީލްޑް ޙަވާލުކޮށްފައެވެ.

[caption id="attachment_149424" align="alignnone" width="443"]<img class="wp-image-149424" src="https://cdn.dhen.mv/wp-content/uploads/2022/04/FD29694D-48C4-44AE-B5E1-A6E76465DB2D-300x200.jpeg" alt="" width="443" height="295" /> 12ވަނަ ފަދުވާ އިނާމާ ޙަވާލުވަނީ[/caption]

ނިލަންދޫ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މުބާރާތަކީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު ހިންގާ މުބާރާތެކެވެ. އޭގެ ތެރޭގައި ޖަމްޢިއްޔަތުއް ޝަބާބު ، ނިލަންދޫއާއި، ނިލަންދޫ ސްޕޯރޓްސް ކްލަބާއި، ނިލަންދޫ ޑޭލައިޓް ކްލަބާއި، ފެނަކަ ކޯޕަރޭޝަންއާއި، ތަދްރީސުލް ޤުރުއާނުލް ކަރީމްއާއި، ނިހާން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، ހިލާލު ފިހާރައިގެ އިތުރުން ވެސް ރަށުން ބޭރު އެތައް ފަރާތެއްގެ ދީލަތި އެހީތެރިކަން ލިބިފައިވާ ކަމަށް ނިލަންދޫ ކައުންސިލުން ހާމަކުރައްވައިފައި ވެއެވެ.

[caption id="attachment_149425" align="alignnone" width="529"]<img class="wp-image-149425" src="https://cdn.dhen.mv/wp-content/uploads/2022/04/5BFE04DD-9A13-4469-88EA-A17853BD10A1-300x169.jpeg" alt="" width="529" height="298" /> އޮޑިޝަންއިން ހޮވުނު 12 ބައިވެރީން[/caption]

މި މުބާރާތުގެ 1ވަނައަށް އަންނަ ފަރާތަކަށް ނިލަންދޫ ކައުންސިލުން ވަނީ 15000ރ. (ފަނަރަހާސް ރުފިޔާގެ)ފައިސާގެ އިނާމެއް ހުށަހަޅައިފައެވެ. މީގެ އިތުރުން ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫގެ ފަރާތުން އަލްބްރޫޖް ޙައްޖު އެންޑް ޢުމުރާގެ ހެޔޮއެދުންތަކާ އެކު ޢުމުރާ ދަތުރެއް ވެސް އެ މަގާމަށް އަންނަ ފަރާތަކަށް ހުށަހަޅައިފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް