Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިންޑިއާގެ މުސްލިމުންނާ ދެކޮޅު އަމަލުތައް ކުށްވެރި ނުކުރާތީ އިދިކޮޅުގެ ކަންބޮޑުވުން!

އިންޑިއާގެ މުސްލިމުންނާ ދެކޮޅު އަމަލުތައް ކުށްވެރި ނުކުރާތީ އިދިކޮޅުގެ ކަންބޮޑުވުން!

އަވަށްޓެރި އިންޑިއާގެ ހަރުކަށި ހިންދޫން އެ ޤައުމުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތައް ރާއްޖެއިން ކުށްވެރި ނުކުރާތީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެެ.

އިންޑިޔާގެ މަދްޔަޕްރަދޭޝްގައި މިދިޔަ އާދީއްތަ ދުވަހު ހިންދޫން ބޭއްވި ފެސްޓިވަލެއްގައި މުސްލިމުން ހަމަނުޖެހުން ހިންގިކަމަށް ތުހުމަތުކޮށް، އިންޑިއާ ސަރުކާރުން ދަނީ އެ ޤައުމުގައި ދިރިއުޅޭ ބައެއް މުސްލިމުންގެ ގެދޮރާއި ވިޔަފާރިތަކަށް ގެންލުންދީ ސުންނާފަތި ކުރަމުންނެވެ. އަދި ބައެއް މުސްލިމުން ހައްޔަރު ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ބޮޑެތި ބުލްޑޯޒަރުތައް ބޭނުންކޮށްގެން އެ މީހުންގެ ގެދޮރަށް ގެއްލުންދޭ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.

އާންމުގޮތެއްގައި ދުނިޔޭގެ އެހެން ބައެއް ކަންކޮޅުތަކުން މުސްލިމުންނަށް މިފަދަ ގެއްލުންތައް ދިނުމުން ރާއްޖެއިން އެކަން ކުށްވެރި ކުރި ނަމަވެސް، އިންޑިއާގެ ހިންދޫން ކުރަމުން އަންނަ އެ އަމަލު ކުށްވެރި ކޮށްފައިނުވުމުން އެތައް ބަޔަކު ދަނީ އެކަމާ ރާއްޖޭ ސަރުކާރަށް ފާޑުކިޔަމުންނެވެ.

Advertisement
Ooredoo — Truecaller (box)

މިކަމާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާ ސިފައިން އެ ޤައުމުގެ މުސްލިމުން ހައްޔަރުކުރަމުންދަނީ ގާނޫނުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަމަށާއި މުސްލިމުންނަށް އަޅުކަން ކުރުމަށް ދަތިކުރަމުން ދާއިރު، ހިންދޫ ޖަމާއަތްތަކުން ހިންގަމުންދާ ހަރަކާތްތަކުގައި އިންޑިއާގެ ސަރުކާރާއި ފުލުހުން ބައިވެރިވެ އެ ކަންކަމަށް ހިތްވަރު ދޭ ކަމަށެވެ. އަދި މުސްލިމުންނާ ދެކޮޅު ލާއިންސާނީ، އަނިޔާވެރި އަމަލުތަކެއް އިންޑިއާ ސަރުކާރުން ހިންގަމުން ގެންދާއިރު، އެކަމާ ދެކޮޅަށް ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ ހަނު ތިބުން ބަލައިނުގަނެވޭ ކަމަށް ވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް