Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަރުވި ބަނގްލަދޭޝް މީހާއަށް ހަމަލާ ދިން މީހާ ހޯދަން އިއުލާންކޮށް، ވަނަވަރު އާންމުކޮށްފި

މަރުވި ބަނގްލަދޭޝް މީހާއަށް ހަމަލާ ދިން މީހާ ހޯދަން އިއުލާންކޮށް، ވަނަވަރު އާންމުކޮށްފި

ހުޅުމާލޭގެ ރެސްޓޯރަންޓެއްގެ ތެރޭގައި މިއަދު ހަވީރު މާރާމާރީއެއް ހިންގައި، ބިދޭސީއަކަށް ހަމަލާދިން މީހާގެ ވަނަވަރު އާންމުކޮށް އެމީހާ ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓުގައި، ޕާކިސްތާނު މީހަކާއި ބަނގްލަދޭޝް މީހަކާ ދެމެދު ހިނގި މި މާރާމާރީގައި ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ބަނގްލަދޭޝް މީހާއަށް ސީރިއަސް ޒަޚަމްތަކެއްވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައެވެ. އަދި އޭނާއަށް ހަމަލާ ދިން ޕާކިސްތާނު މީހާ ފިލައިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

އެ މީހާގެ ފޮޓޯއާ އެކު ފުލުހުންް މިއަދު މީސް މީޑިއާގައި ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ، އުމުރުން 26 އަހަރުގެ މުހައްމަދު އާބިިދު ކިޔައި އެމީހާއަކީ މުޖުތަމައުއަށް ނުރައްކާތެރި މީހެއް ކަމަށާއި އޭނާއަކީ މިއަދު ހިނގި މާރާމާރީއާ ގުޅިގެން ފުލުހުން ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.

Advertisement
HDC — Sidebar (box)

އާބިދުއާ މެދު ސަމާލުވުމަށާއި އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ލަސްނުކޮށް ފުލުހުންގެ 119 ނަންބަރަށް ރިޕޯޓު ކުރުމަށް ވެސް ފުލުހުން އިލްތިމާސް ކުރައްވައިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް