Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

އިންތިއަށް އިތުބާރު ނުކުރާ އެންމެ މީހަކާ ދިމަލެއް ނުވޭ: ވައްޑެ

އިންތިއަށް އިތުބާރު ނުކުރާ އެންމެ މީހަކާ ދިމަލެއް ނުވޭ: ވައްޑެ

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއަށް އިތުބާރު ނުކުރާ އެންމެ މީހަކާ ވެސް ދިމާނުވާ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

އިންތިގެ ތަރުޖަމާނުކަން ކުރައްވަމުން ގެންދަވާ ވައްޑެ މި ފަދައިން ވިދާޅުވީ ކެމްޕެއިން ދަތުރުުފުޅެއްގައި ހައްދުންމަތީ ގަމަށް ވަޑައިގެން އާންމު ރައްޔިތުންނާ ބައްދަލުކުރުމަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ.

ޗެއަރޕާސަންގެ އިންތިޚާބުގެ ކެންޕެއިނަށް އިންތިއާއި‬⁩ ކެންޕޭން ޓީމުން އިއްޔެ ހަވީރުގެ ވަގުތެއްގައި ލ. ގަމަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ލ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން އިންތި ވަނީ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކޮށްފައެވެ.

Advertisement
Ooredoo — Square (box)

އެގޮތުން ގަމުގައި ބޭއްވި ބައްދަލުވުމުގައި އިންތި ވިދާޅުވީ އެމްޑީޕީއަށް މިވަގުތު އޮތް އެންމެ ބޮޑު ބިރަކީ އަދި ނުރައްކަލަކީ އެމްޑީޕީގެ މެމްބަރުން ބައިބައިކޮށްގެން އަމިއްލަ ބާރުވެރިކަން ހޯދަން ބަޔަކު މަސައްކަތް ކުރުން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް