ޚަބަރު

އައްޑޫ ޖިންސީ ގޯނާގެ މައްސަލަ: އަންހެންމީހާގެ ބަންދަށް ހައިކޯޓުން ވެސް ތާއީދުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ހައި ކޯޓ/ ފޮޓޯ: ސަން

އައްޑޫސިޓީގައި އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އަންހެންމީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ހިތަދޫ ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފިއެވެ.

Ads by MWSC

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 59 އަހަރުގެ އަންހެނެކެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައި ވަނީ މިދިޔަ މާރިޗް މަހުގެ 25ވަނަ ދުވަހުގައެވެ.

ނަމަވެސް އެ އަންހެން މީހާގެ ފަރާތުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެގޮތުން މިއަދު ހައިކޯޓުގައި ކުރިއަށް ދިޔައީ މި މައްސަލައިގެ އިސްތިއުނާފު ޝަރީއަތެވެ. ނަމަވެސް ހައިކޯޓުން ވަނީ، މި މައްސަލައިގައި ޝަރީއަތް ނިމެންދެން އަންހެން މީހާ ހައްޔަރުކޮށްފައި ބަހައްޓަން ދަށު ކޯޓުން ކުރި އަމުރު ދަމަހައްޓައިފައެވެ.

އެގޮތުން ހައިކޯޓުން ނިންމީ އޭނާ ބަންދުގައި ބަހައްޓަން ނެރުނު އަމުރަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެމީހާ ބަންދުގައި ބަހައްޓަން ކޯޓުން އަމުުރު ނެރެފައި ވަނީ ބަންދުގައި ބަހައްޓައިދޭން އެދި ފުލުހުން ހުށައެޅި ހެކިތަކުގެ މައްޗަށް ކަމަށް ބިނާކޮށް ކަމަށް ވެސް ހައިކޯޓުގެ ނިންމުމުގައި ބުނެއެވެ.

އާންމުންގެ ވެސް ބޮޑު ސަމާލުކަމެއް ލިބިފައިވާ މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް އަންނަނީ ބަލަމުންނެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މިއަދު ވަނީ އެ މައްސަލައިގައި ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެކޮމިޝަނުން ބުނީ، އުމުރުން 6 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާ ލިބުނު މައްސަލައެއް ކަމާ ގުޅުން ހުރި މުއައްސަސާތަކުން ބަލަމުން އަންނަކަން، މިދިޔަ މަހު 24ވަނަ ދުވަހު ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން، މިމައްސަލައިގައި އަނިޔާ ލިބުނު ކުޑަ ކުއްޖާގެ ހައްގު ހޯދައި ދިނުމަށް މުއައްސަސާތަކުން ކުރަމުން އަންނަ މަސައްކަތް ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.

Ads by HDC
  1. އުމުރުން ދުވަސްވި އަންހެންމީހާގެ ހައްޤު ކޮބައިތޯ މިމާތް ރޯދަމަހުގައި އެއަންހެން މީހާގެ ހައްޤުތޯ ބޮޑީ ނުވަތަ ކުޑަ ކުއްޖާ ބުނާ ބަހުގެތޯ ؟

    • ޙަނާން

      ކުޑަކުއްޖާ ބުނާ ބަސް ވ މުހިންމު