އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ހިންގަމުންދާ އިންޑިއާ އައުޓް ހަރަކާތް ދެން ކުރިއަށް ނުގެންދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ޒާހިރު މިފަދައިން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ދަނޑިވަޅެއްގައެވެ.
ޒާހިރު ވިދާޅުވީ ވަކި ޤައުމަކާއި ވަކި ނަސްލަކާ މެދު ނަފްރަތު އުފައްދައި، މީސްމީހުންގެ ފުރާނައަށާއި، ދިރިއުޅުމަށް އޭގެ ސަބަބުން ދަތިވާ ހިސާބަށް ކަންކަން ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި އެ ހަރަކާތައް ހުއްޓުމެއް ގެނައީ ވަކި ބެނާއެއްގެ ދަށުން ވަކި މަޤުސަދެއްގައި، ވަކި ކަމެއް ހާސިލް ކުރުމަށް އެކަން ރޭވިގެން ފެށި ހިސާބުން ކަމަށާއި ސަރުކާރުގެ އެ ނިންމުން ބައިނަލް އަގުވާމީ މުޖުތަމައުން ބަލައި ގަންނާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.
“މީގެ ކުރިން މިކަމަށް ދޫދެވިފައިވާ މިންވަރަށް މި ހިސާބުން ނިމުމަކަށް މިއައީ" އަލީ ޒާހިރު ވިދާޅުވިއެވެ.
“އިންޑިއާ އައުޓް”ހަރަކާތާ ގުޅިގެން ޤައުމީ ސަލާމާތާ ބެހޭ މަޖިލީހުން ނިންމި ނިންމުމާ އެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް އަންގަވައިފައެވެ.
އެކަމަކު އިންޑިއާއާއި އެކު ވަގު އެގްރީމެންޓުތައް ހެދުމުގެ ޖާގަ އޮތީ ހުޅުވިފަ. އެހެންނޫންތޯ. ތިޔައުޅެނީ މާބޮޑަށް އޮޅިގެން. މީދިވެހި ހުރިހާ ރައްޔިތުންގެ ޤައުމެއް.
ގައުމީ ސަލާމަތީ މަޖުލީހަކީ 7 އުޑުމަތީން ބާވާލެއްވި މަޖުލީހެއްތަ އަލީޒާހިރޫ