މާލެ ސަރަހައްދުގައި ދަމު ނަމާދު 28 މިސްކިތެއްގައި، އިއުތިކާފަށް ތިބުން 14 މިސްކިތެއްގައި
މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއްގައި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ދަމު ނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލެއާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ފަހު ދިހައެއްގައި 28 މިސްކިތެއްގައި ޖަމާއަތުގައި ދަމު ނަމާދު ކުރާނެ ކަމަށެވެ. އެއީ މާލޭގެ 17 މިސްކިތަކާއި ވިލިމާލޭގެ ހަތަރު މިސްކިތަކާއި ހުޅުމާލޭގެ 8 މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި އިއުތިކާށްފަށް ތިބުމަށް ހަމަޖެހިފައި ވަނީ 14 މިސްކިތެއްގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
އެގޮތުން މާލޭގެ 8 މިސްކިތަކާއި ވިިލިމާލޭގެ މަސްޖިދުލް އިހްލާސް އަދި ހުޅުމާލޭގެ ފަސް މިސްކިތެއްގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވެއެވެ. މާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖައްސައިފައި ވަނީ އިސްލާމީ މަރުކަޒާއި މުހައްމަދު ބިން އަބްދުﷲ އާއި މަސްޖިދުލް ފުރުގާންއާއި ޖަލާލުއްދީންގެ އިތުރުން މަސްޖިދުޝަހީދު އަލީއާއި މަސްޖިދުއް ނޫރު އަދި މަސްޖިދުއް ޝަހީދު އަބްދުއްރަހްމާންއާއި މަސްޖިދުއް އަލީ ހުސައިންގައެވެ. ހުޅުމާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ޝައިހް ގާސިމް ބިން މުހައްމަދު އަލްޘާނީއާއި މަސްޖިދު އަޒީޒް މޫސާއާއި މަސްޖިދު އަމީލް ޖަލީލްގެ އިތުރުން މަސްޖިދުލް އަޞާދިޤާއުއާއި މަސްޖިދުލް މުހައްމަދުގައެވެ.