Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިންޑިއާގެ އެހީގައި 2000 ހައުސިންގ ޔުނިޓު އަޅަނީ

އިންޑިއާގެ އެހީގައި 2000 ހައުސިންގ ޔުނިޓު އަޅަނީ

އަވައްޓެރި އިންޑިއާގެ އެހީގައި ހުޅުމާލޭގައި އިމާރާތް ކުރާ 2،000 ހައުސިން ޔުނިޓުގެ ލޯނު އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާއި އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދުގައެވެ.

މި އެއްބަސްވުމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ބޯހިޔާވަހިކަމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ބޮޑު އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށާއި މިއަދު ސޮއި ކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖަކީ އެކަމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައެވެ.

Advertisement
Ooredoo — Square (box)

އެނގިފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން ތިން ކޮޓަރި އަދި ތިން ފާހާނައިގެ 1400 ޔުނިޓާއި، ދެ ކޮޓަރި އަދި ދެ ފާހާނައިގެ 600 ޔުނިޓު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް