ޚަބަރު

އިތުރު 2 އެއާލައިނަކުން މިމަހު ރާއްޖެއަށް އަލުން ދަތުރުތައް ފަށަނީ

ދެން އެމްވީ ، ދެން އޮންލައިން

މިމަހު ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް އިތުރު ދެ އެއާލައިނަކުން ޝެޑިއުލްކޮށްފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް(އެމްއޭސީއެލުން) ހާމަކޮށްފިއެވެ.

Ads by MWSC

އެމްއޭސީއެލުން ބުނީ މިހާތަނަށް މިމަހު ތެރޭ އަލުން ދަތުރުތައް ފެށުމަށް ޝެޑިއުލްކޮށްފައިވަނީ ހޮންކޮންގް އެއާލައިންސް އަދި އިންޑިގޯ އެއާލައިންސްއިން ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ފުރަބަންދުގެ ފިޔަވަޅުތަކާއެކު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ސަރުކާރުން ބަންދުކޮށްފައި ވަނީ މިދިޔަ މާޗުމަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ބޯޑަރު އަލުން ހުޅުވާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެއަރއެކު މިދިޔަމަސްތެރޭ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ވަނީ 4 އެއަރލައިނަކުން ފަށާފައެެވެ. އެ 4 އެއަރލައިނަކީ، ޤަތަރު އެއާވޭސް، ސްރީލަންކަން، އެމިރޭޓްސް އަދި އިއްތިހާދު އެއާވޭސްއެވެ.

އެމްއޭސީއެލުން ބުނީ މިއަހަރުގެ ފަހުކޮޅު ރާއްޖެއަށް ދަތުރުތައް ފެށުމަށް ގިނަ އެއާލައިންތަކަކުން ޝެޑިއުލްކުރަމުންދާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!