Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދީނީ ޢިލްމުވެރިންނަށް ބިރުދެއްކުމަށް ނުހައްޤު އަދަބުދިނުން ހުއްޓައިލާން ގޮވައިލައިފި

ދީނީ ޢިލްމުވެރިންނަށް ބިރުދެއްކުމަށް ނުހައްޤު އަދަބުދިނުން ހުއްޓައިލާން ގޮވައިލައިފި

ދީނީ ޢިލްމުވެރިންނަށް ބިރުދެއްކުމަށް ނުހައްޤު އަދަބު ދިނުން ހުއްޓައިލާން ޢިލްމުވެރިންގެ ގުޅުމުން ގޮވައިލައިފިއެވެ.

ޢިލްމުވެރިންގެ ގުޅުމުން މިފަދައިން ގޮވައިލައިފައި މިވަނީ އިންޑިއާގެ މިލިޓަރީ ބޭރުކުރުމަށް ގޮވައިލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގަމުން އަންނަ "އިންޑިއާ އައުޓް"ކެންޕެއިނަށް ހިތްވަރުދިން ކަމަށް ބުނެ އަރަބިއްޔާ ސްކޫލުގެ މުދައްރިސް ޝައިޚް ޒަމްޒަމް ފާރިޝް ވަޒީފާއިން ސަސްޕެންޑު ކުރުމާ ގުޅިގެން ކަންބޮޑުވުންފާޅުކޮށެވެ.

އެކަމާ ގުޅިގެން އެ ޖަމިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނުތަކުން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތަކަކީ ކޮންމެ މީހަކަށް ވެސް މިނިވަންކަމާ އެކު ބޭނުން ކުރެވޭނެ އިޚްތިޔާރުތަކެއް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެގޮތުން އިސްލާމް ދީނުގެ އުސޫލުތަކާ ޚިލާފު ނުވާނެހެން ބަސްބުނެ އެމީހެއްގެ އަމިއްލަ ޚިޔާލު ފާޅުކޮށް ފާޑުކިޔައި ހެދުމަކީ، ޤާނޫނު އަސާސީގެ ދަށުން ކަށަވަރުކޮށްދީފައިވާ އެންމެ ބޮޑު އަސާސީ އެއް ޙައްޤުކަން އެ ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.

https://twitter.com/ilmugeGulhun/status/1517787948942770176?t=eNNMSLiQzyIhH5rARyTiEQ&s=19

މީގެ އިތުރުން އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ދީނީ ޢިލްމު ލިބިވަޑައިގެން ތިއްބެވި ޢިލްމުވެރިންނަކީ އެ ބޭފުޅުންގެ ރައުޔާއި އިރުޝާދަށް އެންމެހައި މުސްލިމުން ނުހަނު ބޭނުން ޖެހިފައިވާ ބައެއް ކަމަށެވެ. އެއީ އެބޭފުޅުންގެ ބަސްފުޅު އާންމު މުސްލިމު ރައްޔިތުންގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމާ ގުޅިފައިވާލެއް ބޮޑުކަމުންކަން ޢިލްމުވެރިންގެ ޖަމިއްޔާއިން ބަޔާނުގައި ފާހަގަކުރައްވައިފައިވެއެވެ.

"ވީއިރު ރައްޔިތުންގެ ކަންބޮޑުވުން ހިމެނޭ ކަންކަމުގައި ދީނީ ޢިލްމުވެރިންގެ ވިސްނުންފުޅާއި ލަފާފުޅުތަކަކީ އެއްވެސް ގޮތަކުން ހިފެހެއްޓި ހަނިކުރެވިފައިވާ އެއްޗެއް ކަމުގައި ހެދިގެން ނުވާނެއެވެ. ވަކިން ޚާއްސަކޮށް އެބޭފުޅުންގެ އަމިއްލަ ހައިސިއްޔަތުން ދިވެހި ރައްޔިތުންނާ ހިއްސާކުރައްވާ ވާހަކަފުޅުތަކަކީ އެއަށް އެއްވެސް ގޮތަކުން ހުރަސް އެޅިގެންވާނެ އެއްޗެއް ނޫނެވެ." ޢިލްމުވެރިންގެ ގުޅުމުގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ، ކަން މިހެން ހުރުމާ އެކު ދީނީ ޢިލްމުވެރިން އާއްމު ރައްޔިތުންނަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުންނާއި، އާއްމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ބަޔާންކުރައްވައި މުހިންމު ވާހަކަފުޅުތަކާ ގުޅުވައިގެން ތަޢުލީމާ ބެހޭ މަސްއޫލުވެރި ފަރާތްތަކުން، ސްކޫލު މަދަރުސާތަކާއި އެ ނޫން މުއައްސަސާތައް މެދުވެރިކޮށް، ދީނީ ޢިލްމުވެރިންނަށް ނުހައްޤުން އަދަބު ދިނުމަކީ މީގެ ކުރިން ވެސް ރާއްޖޭގެ 140 އެއްހައި ދީނީ ޢިލްމުވެރިންގެ އަހުލުވެރިން ހިމެނިވަޑައިގަންނަވާ ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން އިންކާރު ކުރެވި އެކަން ހުއްޓައިލުމަށް ގޮވާލައިފައިވާ ކަމެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް