Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސުލޫކީ މައްސަލައެއް ބަލަން ފެށުމުން އެޗްއާރްސީއެމްގެ އެސްޖީ އިސްތިއުފާ ދެއްވައިފި

ސުލޫކީ މައްސަލައެއް ބަލަން ފެށުމުން އެޗްއާރްސީއެމްގެ އެސްޖީ އިސްތިއުފާ ދެއްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު ޔާމީންގެ ސުލޫކީ މައްސަލައެއް ބަލަން ފެށުމާ އެކު އޭނާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލަކު މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ އިދާރީ ގޮތުން ކޮމިޝަން ހިންގުމުގެ އިސްވެރިިޔާގެ މަގާމުން ވަކިވުމަށް އެދި މިއަދު ޔާމީން ސިޓީ ހުށަހަޅުއްވައިފައިވާ ކަމަށެވެ.

އެ ކޮމިޝަންގެ އެސްޖީގެ މަގާމުން ޔާމީން އިސްތިއުފާ ދެއްވައިފިކަން އެޗްއާރްސީއެމްއިން ޔަގީންކޮށްދެއްވި ނަމަވެސް، އެއީ ކޮން މައްސަލައެއްކަން ހާމަ ކުރައްވައިފައެއް ނުވެއެވެ.

Advertisement
Allied Insurance — Square (box)

އެޗްއާރްސީއެމްގެ އެސްޖީއަކަށް މިދިޔަ އަހަރުގެ މެދުތެރޭގައި ޔާމީން ހަމަޖެއްސުމުގެ ކުރިން އޭނާ ހުންނެވީ މީޑިއާ ކައުންސިލުގެ މެންބަރަކަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް