ޖަލީލްގެ ޖަނާޒާގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގަންނަވައިފި

ރާއްޖޭގެ 13 އަތޮޅެއްގެ އަތޮޅު އޮފީސް 26 ފަހަރެއްގެ މަތިން ހިންގެވި އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ބ. ކުޑަރިކިލު/ ނޫރާނީމާގޭ މުހައްމަދު ޖަލީލް (ކުޑަރިކިލު ޖަލީލް) ގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެން، އާއިލާއަށް ހިތްވަރު ދެއްވައިފިއެވެ.
ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ލިބިފައިވާ ޖަލީލަކީ ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ ޝައްމޫން ޖަލީލު (ލޫކަސް ޖަލީލު)ގެ ބައްޕަ ވެސް މެއެވެ.
އުމުރުފުޅުން 74 އަހަރުގައި ޖަލީލް އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، އޭނާ ދިރިއުޅުއްވި ގޭގައި އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ކުޑަރިކިލު ޖަލީލްގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން ރައީސް ޞާލިޙް ވަނީ އޭނާގެ ސަންދޯއް އުފުއްލެވުމުގައި ވެސް އެހީތެރިވެވަޑައިގެންފައެވެ. އެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ލޫކަސް ޖަލީލް ވަނީ އޭނާގެ ފޭސްބުކް އެކައުންޓުގައި ހިއްސާ ކުރައްވައިފައެވެ.
މީގެ އިތުރުން ޖަލީލް އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށާއި ލޫކަސް ޖަލީލްގެ މަންމާފުޅަށް ރައީސް ޞާލިޙްގެ ދެކަނބަލުން ދެއްވި ހިތްވަރު ފާހަގަ ކުރައްވައި އޭނާ ވަނީ އެ ދެކަނބަލުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ރައީސް ޞާލިޙްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ކުޑަރިކިލު ޖަލީލްގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން، އާއިލާއަށް ހިތްވަރު ދެއްވިއެވެ. ލޫކަސް ވަނީ ނައިބު ރައީސަށް ވެސް އެކަމަށް ޓަކައި ޝުކުރު އަދާ ކުރައްވައިފައެވެ.
<img class="alignnone wp-image-150238 size-full" src="https://cdn.dhen.mv/wp-content/uploads/2022/04/Polish_20220425_150805748.jpg" alt="" width="1920" height="1440" />
ޖަލީލަކީ ކުޑަރިކިލުގެ ކުޑަކަތީބު ކަމާއި، ބ. އަތޮޅުގެ އެޓާނީ ކަމުގެ އިތުރުންް ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ މަޖިލީހުގެ ބ. އަތޮޅުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ފުވައްމުލަކު އަތޮޅު އޮފީސް ވެސް (1998ހައިހިސާބުގައި) ހިންގެވިއެވެ.
<img class="alignnone wp-image-150239 size-full" src="https://cdn.dhen.mv/wp-content/uploads/2022/04/FB_IMG_1650880166785.jpg" alt="" width="768" height="1024" />
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون







ކޮމެންޓް