Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހަތިމަށް ކުޅު ޖެހި މީހާ ބަރަހަނާ ހާލުގައި މޫދުގައި އޮއްވާ ހައްޔަރުކޮށްފި

ހަތިމަށް ކުޅު ޖެހި މީހާ ބަރަހަނާ ހާލުގައި މޫދުގައި އޮއްވާ ހައްޔަރުކޮށްފި

މިސްކިތްތަކުގެ ހުރުމަތް ކަނޑައިލައި، މީގެ ކުރިން ހަތިމަށް ވެސް ކުޅު ޖެހި މީހާ ބަރަހަނާ ހާލަތުގައި މޫދުގައި އޮއްވާ ހައްޔަރުކޮށްފިއެވެ.

އެމީހާ މީގެ ކުރިން ވަނީ މާލޭގެ ބައެއް މިސްކިތްތަކަށް ކުޑަކަމާއި ބޮޑުކަމު ގޮސް، އެ މިސްކިތަކުގެ ހުރުމަތް ކަނޑައިލުމުގެ ތުހުމަތުގައި ހައްޔަރު ވެސް ކޮށްފައެވެ. ނަމަވެސް ބަލި ހާލަތު ހުރި ގޮތުން އޭނާ ފަހުން ވަނީ މިނިވަން ކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާންމު މަސްލަހަތަށް ގެއްލުން ހުރި ޢަމަލެއްކުރި ކަމުގެ ތުހުމަތުގައި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް މިމަހުގެ 22ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަސް ވަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައިފައިވެއެވެ.

އޭނާ ހައްޔަރު ކުރީ ކޮން ކުށަކާ ގުޅިގެންކަން ފުލުހުން ސާފުކޮށްދެއްވައިފައި ނުވި ނަމަވެސް، "ދެން"އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރީ މާލެ ސަރަހައްދުގެ މޫދުގައި ބަރަހަނާ ހާލަތުގައި އޮއްވައެވެ.

މިމީހާއަކީ ނަފްސާނީ އެއްވެސް މައްސަލައެއް ހުރި މީހެއް ނޫން ކަމަށް ޖެންޑާއިން މީގެ ކުރިން ވަނީ ކަނޑައަޅައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް