އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވައިފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެ މަގާމުގައި ހުންނަވައިގެން ދިވެހި ރާއްޖޭގެ އިގްތިސާދާ ބެހޭ އެއްވެސް ކަމެއް ކުރެއްވިންތޯ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑެ) ސުވާލު ކުރައްވައިފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަންކަމުގެ އިންތިޚާބުގައި ވާދަ ކުރައްވާ އިމްތިޔާޒް ފަހްމީއަށް ތާއީދު ހޯދުމަށް ރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވައްޑެ ވިދާޅުވީ އެމްޑީޕީން ވައުދު ވަނީ ރައްޔިތުން ގާތަށް ގޮސްގެން އަހައި އޮޅުންފިލުވައިގެން އެ ކަންތައްތަކުގެ މައްޗަށް ހިސާބު ޖަހައިގެން ކަމަށެވެ. އަދި އެ ޕާޓީ ހިންގަނީ ޕާޓީގެ ސިޔާސަތުތަކަށް ބަލައިގެން ކަމަށާއި ކުރިޔަށް ދަނީ އެގޮތުގެ މަތިން ކަމަށް ވައްޑެ ވިދާޅުވިއެވެ.
ވައްޑެ ވިދާޅުވީ އެންޑީޕީން ނެރޭ ސިޔާސަތުތައް ސަރުކާރަށް ނިސްބަތްވާ އިކޮނޮމިކް މިނިސްޓަރ ފަދަ ބައެއް ވަޒީރުން ނުހިންގެވުމުގެ ނަތީޖާއަކީ ކުރިޔަށް ހުރި އިންތިހާބުތަކުގައި އަލުން އަނބުރާ އެ ޕާޓީއަށް ނެރޭ ސިޔާސަތު ތަކާ ދޭތެރޭގައި ރައްޔިތުން އިތުބާރު ކުރާނެ ކަމާ ދޭތެރޭގައި ޝައްކު އުފެދޭނެ ކަމެއް ކަމަށް ވައްޑެ ވިދާޅުވިއެވެ.
"އެމްޑީޕީން ވައުދު ވަނީ ރައްޔިތުން ގާތަށް ގޮސްގެން އަހައި އޮޅުންފިލުވައިގެން އެކަންތައްތަކުގެ މައްޗަށް ހިސާބު ޖަހައިގެން ރާއްޖޭގައި ތިބި ފަންނީ އަދި ބައިނަލްއަގްވާމީ އެތައް އެތައް ފަރާތެއްގެ ގާބިލްކަމާ އެތައް ހުނަރުވެރި ކަމެއް ބޭނުންކޮށްގެން މި ޕާޓީގެ ސިޔާސަތައް ބަލައިގެން ހިންގަނީ. އެކަމަކު އަޅުގަނޑުމެން މި ނެރޭ ސިޔާސަތުތައް އަޅުގަނޑުމެންގެ ސަރުކާރަށް ނިސްބަތްވާ ބައެއް ވަޒީރުން, އިކޮނޮމިކް މިނިސްޓަރ ފަދަ ބޭޅުފުޅުން ނުހިންގެވުމުގެ ނަތީޖާއަކީ ކުރިޔަށް ހުރި އިންތިހާބުތަކުގައި އަޅުގަނޑުމެން އަލުން އަނބުރާ މި ޕާޓީއަށް ނެރޭ ސިޔާސަތު ތަކާ ދޭތެރޭގައި ރައްޔިތުން އިތުބާރު ކުރާނެ ކަމާ ދޭތެރޭގައި" ވައްޑެ ވިދާޅުވިއެވެ.
މީގެ އިތުރުން ވައްޑެ ވިދާޅުވީ ސަރުކާރުން މިހާރު ކުރަމުންދާ ކަންތައްތަކާއި ލިޔާ ލިޔުންތަކާ ދޭތެރޭގައި ރައްޔިތުން އަލުން އަޑުއަހާނެ ކަމާ ދޭތެރޭގައި މިހާރު ސުވާލު އެބަ އުފެދޭ ކަމަށެވެ. އަދި 2023ގެ އިންތިހާބު ކާމިޔާބުކުރުމަށް ޓަކައި ބޭނުން ވަނީ އެމްޑީޕީ ހިފަހައްޓަމުން އައި ޕާޓީގެ ތިލަފަތަށާއި ޕާޓީގެ ކުލައަށް ކުރާ އިތުބާރު ހިފެހެއްޓުން ކަމަށެވެ. އެ އިތުބާރު ގެއްލިއްޖެ ނަމަ ރާއްޖެއިން އެމްޑީޕީއަށް ލިބޭނެ ވޯޓެއް, ކާމިޔާބު ކުރެވޭނެ އިންތިހާބެއް ނޯންނާނެ ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.
"ލިޔާ ލިޔުންތަކާ ދޭތެރޭގައި ރައްޔިތުން އަލުން އަޑުއަހާނެ ކަމާ ދޭތެރޭގައި މިހާރު ސުވާލު އެބަ އުފެދޭ. 2023 ނަގަންޏާ އަޅުގަނޑުމެން ބޭނުން ވަނީ އިތުބާރު. 2023 ނަގަންޏާ އަޅުގަނޑުމެން ބޭނުން ވަނީ އެމްޑީޕީ ހިފަހައްޓަމުން އައި މި ޕާޓީގެ ތިލަފަތަށް, މިޕާޓީގެ ކުލައަށް ކުރާ އިތުބާރު ހިފެހެއްޓުން. އެ އިތުބާރު ގެއްލިގެން ދެން މި ރާއްޖެއަކުން އަޅުގަނޑުމެންނަކަށް ހޯދޭނެ ވޯޓެއް, ކާމިޔާބު ކުރެވޭނެ އިންތިހާބެއް ނޯންނާނެ"
އޭޕްރީލްމަހުގެ 16 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި، ފައްޔާޒުގެ އިތުރުން ދެން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ(އިންތި)އެވެ.
ކަލޯ އަށް އެއްޗެއް ނުފެނިގެން ތިއުޅެނީ ދެލޮލަށް ކަޅުތެޔޮއެޅުނީމަ ތޯއްޗެއް!
ސިކުޑިއަށް އެއްޗެއް ނުވިސް ނިގެން ތިއުޅެނީ ސިކުނޑީގަ ބަރަވެލި ދުވާތީކަމަށް ވެދާނެ!
އެކަން ރަނގަޅުވާނީ މިވަގުތު އިޒްރޭލުގެ ބޮޑުވަޒީރުކައިރިން
ފަރުވާދީމާ ކަމަށް ވެދާނެ! ކެކެކެކެ