Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އުމްރާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ

އުމްރާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ

އުމްރާގެ މާތް އަޅުކަން ކުރުމަށް މައްކާއަށް ގޮސް ހުރި ދިވެއްސަކު މިއަދު ފަތިހު ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ބ. އޭދަފުށީ ބަގީޗާގޭ/ އަބޫބަކުރު ހަސަނެވެ. ނިޔާވި އިރު އޭނާގެ އުމުރުން 76 އަހަރެވެ.

އޭދަފޫށީ ކައުންސިލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އަބޫބަކުރު ނިޔާވީ ޙަރަމްފުޅުގައި މިއަދު ފަތިހު ފަތިސް ނަމާދު ކޮށްގެން އަނބުރާ ހޮޓަލަށް ދިޔަ މަގުމަތީގައި ބަހުގައި އިންދައެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން އެ ކައުންސިލުން ވިދާޅުވީ، އަބޫބަކުރު އުމްރާއަށް ދިޔައީ މުސާފިރީން ނަމަކަށް ކިޔާ އުމްރާ ގްރޫޕަކާ އެކު ކަމަށާއި އޭނާއާ އެކު އުމްރާއަށް އޭނާގެ އާއިލާ ވެސް ދިޔަ ކަމަށެވެ،

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް