Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިއާދަކުރަނިވި ހަކަތަ ބަދަލުކުރެވޭނެ ނިޒާމަކުން ރާއްޖެއާއި އިންޑިއާ ގުޅައިލަން މަޝްވަރާކޮށްފި

އިއާދަކުރަނިވި ހަކަތަ ބަދަލުކުރެވޭނެ ނިޒާމަކުން ރާއްޖެއާއި އިންޑިއާ ގުޅައިލަން މަޝްވަރާކޮށްފި

ރާއްޖެއާއި އިންޑިއާއާ ދެމެދު އިއާދަކުރަނިވި ހަކަތަ ބަދަލުކުރެވޭނެ ނިޒާމަކުން ގުޅައިލާން މަޝްވަރާކޮށްފިއެވެ.

މި ހަފްތާގައި އިންޑިއާއަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ އޮފް ޕަވާ އެންޑް ނިއު އެންޑް ރިނިވަބަލް އެނާޖީ މިނިސްޓަރު ރާޖް ކުމާރު ސިންގްއާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ.

މިކަމާ ގުޅޭ ގޮތުން އެ މިނިސްޓްރީން ބުނީ ރިނިއުބަލް އެނާޖީ ނުވަތަ އިއާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރުކުރުމަށް އިންޑިއާއިން ޝައުގުވެރިކަން ފާޅުކޮށް، ހިންގުމަށް ހުށައަޅައިފައިވާ ވަން ގްރިޑް ޕްރޮޖެކްޓާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

Advertisement
Allied Insurance — Square (box)

އިންޑިއާގެ ބައެއް ނޫސްތަކުން އެ ޤައުމުގެ ޕަވާ މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުކޮށްފައި ވަނީ ބައްދަލުވުމުގައި ވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު އިއާދަކުރަނިވި ހަކަތަ ބަދަލުކުރެވޭނެ ނިޒާމަކުން ގުޅައިލުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް