Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި އަންހެނުންގެ ދައުރު ބޮޑު: ޒިފްލީން

ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި އަންހެނުންގެ ދައުރު ބޮޑު: ޒިފްލީން

ކޮވިޑް-19ގެ އާލަމީ ވަބާއާ ދެކޮޅަށް ކުރި މަސައްކަތުގެ އެންމެ އިސް ސަފުގައި އަންހެނުންގެ ދައުރު ބޮޑު ކަމަށް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތު ވިމެންސް އެފެއާޒް މިނިސްޓާސް އެކްޝަން ގްރޫޕްގެ ބައްދަލުވުމުގައި މިދިޔަ އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން ޒިފްލީން ވިދާޅުވީ ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރުމަށް ސަރުކާރުން އެކަށައެޅި މެކޭނިޒަމްގައި ހިމެނޭ މުހިއްމު ދެ އިދާރާ ކަމަށްވާ ހެލްތު އިމަޖަންސީ އޮޕަރޭޝަންސް ސެންޓަރުގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވަނީ އަންހެން ބޭފުޅުން ކަމަށެވެ.

އަދި ކޮވިޑް-19ގެ ބަލިމަޑުކަމުގައި ސިއްހީ ދާއިރާ ބޮޑު ބުރައެއް އުފުލިއިރު އެ ދާއިރާގައި ވެސް ގިނައިން މަސައްކަތް ކުރަމުން ދަނީ އަންހެނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް