Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހުކުރު ނަމާދު ކުރަން ޝާހިދުގެ ފަހަތުގައި އިނީ އަންހެން ކުއްޖެއް ނޫން، ފިރިހެން ކުއްޖެއް!

ހުކުރު ނަމާދު ކުރަން ޝާހިދުގެ ފަހަތުގައި އިނީ އަންހެން ކުއްޖެއް ނޫން، ފިރިހެން ކުއްޖެއް!

ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިމާމުވެ އިއްޔެ ކުރެއްވި ހުކުރު ނަމާދުގެ ޖަމާއަތުގައި އަންހެން ކުއްޖަކު ބައިވެރިވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ޖެންޑާ މިނިސްޓްރީން ދޮގުކޮށްފިއެވެ.

އދ.ގެ މައި މަރުކަޒުގައި ކޮންމެ ހުކުރު ދުވަހަކު ވެސް އެ މަޖިލީހުގައި މަސައްކަތް ކުރާ މުސްލިމު މުވައްޒަފުން ހުކުރު ނަމާދު ކުރެއެވެ. ނަމަވެސް މިއީ އެ މަޖިލީހުގެ ރައީސަކު އިމާމުވެ ހުކުރު ނަމާދު ކުރެއްވި ފުރަތަމަ ފަހަރެވެ.

މިނިސްޓަރ ޝާހިދު އެ މަޖިލީހުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވަނިކޮށް ނަގައިފައިވާ ފޮޓޯތަކެއް ފޮރިން މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. އޭގެން އެއް ފޮޓޯގައި މިނިސްޓަރ ޝާހިދުގެ ފަހަތުގައި އިން ކުޑަ ކުއްޖަކާ މެދު މީސް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ބަހުސްކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

އެގޮތުން މިނިސްޓަރ ގެ ފަހަތުގައި އިނީ އަންހެން ކުއްޖެއް ކަމަށް ބުނެ، ދެ ޖިންސް މަސްހުނިކޮށްގެން މިނިސްޓަރ ޝާހިދު ހުކުރު ނަމާދު ކުރެއްވީ ކަމަށް ބުނެ މީސް މީޑިއާގައި އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

އެ ފާޑުކިޔުންތަކަށް މިއަދު ރައްދު ދެއްވަމުން ޖެންޑާ މިނިސްޓްރީން ބުނީ އދ.ގެ މައި މަރުކަޒުގައި އިއްޔެ ކުރި ހުކުރު ނަމާދުގެ ފުރަތަމަ ސަފުގައި ހުރީ ފިރިހެން ކުއްޖެއް ކަމަށާއި އެއީ އދ.އަށް ފޮނުވައިފައިވާ ޑިޕްލޮމޭޓެއްގެ ބޭފުޅެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް