Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ޕީޕީއެމް އޮފީސް އިމާރާތުގައި އަނެއްކާ ވެސް އިންޑިއާ އައުޓް ބެނާއެއް ހަރުކޮށްފި

ޕީޕީއެމް އޮފީސް އިމާރާތުގައި އަނެއްކާ ވެސް އިންޑިއާ އައުޓް ބެނާއެއް ހަރުކޮށްފި

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ދަށުން ޕީޕީއެމް އޮފީހުގެ އިމާރާތުގައި އަނެއްކާ ވެސް އިންޑިއާ އައުޓް ބެނާއެއް ހަރުކޮށްފިއެވެ.

ޕީޕީއެމް އޮފީހުގައި ރޭ ދެމި ބެނާ ތައްޔާރުކޮށްފައި ވަނީ ކުރިޔާ ޚިލާފަށް ބެނާގައި ހަމައެކަނި “އައުޓް” ޖަހައިގެންނެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅައި ގަރާރެއް ވެސް ވަނީ ނެރެފައެވެ.

Advertisement
Ooredoo — Truecaller (box)

ގަރާރުގައި ވިދާޅުވެފައި ވަނީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ 2022ވަނަ އަހަރުގެ ތިންވަނަ ބައްދަލުވުމުގައި ކަނޑައަޅައިފައިވާ ކަމަށެވެ.

އަދި ދިވެހި ސަރުކާރުގެ ސިޔާސަތަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް އެންމެ ފުޅާމިނެއްގައި ޖާގަދީ ޑިކޮމްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރަމުންދާ އަސާސްތައް ދެމެހެއްޓުން ކަމަށްވީ ނަމަވެސް، އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގަމުން އަންނަ ކަމަށް ގަރާރުގައި ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް