ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީން ބަންދުން ދޫކޮށްލުމަށްފަހު އިމިގްރޭޝަނާއި ހަވާލުކޮށްފި
![](https://dhen.mv/wp-content/uploads/2020/08/bodu-f.jpeg)
މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހު ބ. ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ބިދޭސީން ފުލުހުންގެ ބަންދުން ދޫކޮށްލާ އިމިގްރޭޝަނާއި ހަވާލުކޮށްފިއެވެ.
ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން 19 ބިދޭސީއަކު ހައްޔަރުކުރިއިރު، އެމީހުންގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުވެސް ކޮށްފައިވެއެވެ.
ބިދޭސީން އެތަނުގައި ހަމަނުޖެހުން ހިންގީ ކޮންޓްރެކްޓު މަސައްކަތްތަކެއް ކުރާ އާރުއައިއެކްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މުވައްޒަފުންނަށް މުސާރަ ނުދީގެންނެވެ. އެހަމަނުޖެހުމުގައި 200 އެއްހާ ބިދޭސީން ބައިވެރިވެފައިވެއެވެ.
ބިދޭސީންގެ އެހަމަނުޖެހުމުގައި ދިވެހިންތަކެއް ރަހީނުކޮށް ބޮޑުފިނޮޅުގައި ހުރި ތަންތަނަށާއި ހެވީ މެޝިނަރީތަކަށާއި ވޯޓާ ޕައިޕްލައިން ތަކަށާއި އެހެނިހެން ތަކެއްޗަށް ބޮޑެތި ގެއްލުންތައް ވަނީ ދީފައެވެ.
މުވައްޒަފުންނަށް މުސާރަ ނުދެވި ވަނީ ޑިވެލޮޕަރު ސީލް މޯލްޑިވްސް އާއެކު ވެފައިވާ އެއްބަސްވުމުގައި ބުނާގޮތަށް އެކުންފުންޏަށް ލިބެން ޖެހޭ ފައިސާ ލިބިފައި ނުވާތީ ކަމަށް އާރްއައިއެކްސް ކުންފުނިން ވަނީ ބުނެފައެވެ. 0 ކޮމެންޓު