މިމަހުގެ 6 އާއި ހަމައަށް ސަރުކާރު އޮފީސްތައް ބަންދު!

މާދަމާއިން ފެށިގެން މިމަހުގެ 6 އާއި ހަމައަށް ސަރުކާރު އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ނެރުނު އިއުލާނެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިމަހުގެ 4 ން 6 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސް ޞާލިޙު އަންގަވާފައިވާ ކަމަށެވެ.
މިމުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރަމުން ގެންދިޔުމަށާއި އިންލައިންކޮށް ދެވެން ހުރި ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދެމުން ގެންދިޔުމަށް ވެސް އަންގަވާފައިވެއެވެ.