ޚަބަރު

ހުޅުމާލޭގައި ގެނބިގެން ނިޔާވި މީހާ ކޮވިޑަށް ފައްސި: ޑރ. ނަޒްލާ

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭގައި ގެނބިގެން މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު މެންދުރު ހުޅުމާލޭ ފަޅުގައި އޮތް ދޯންޏެއްގެ މަސައްކަތެއް ކުރުމަށް މޫދަށް އެރި އުޅުނު 27 އަހަރުގެ ފިރިހެނަކު އަކުނިވަޔަށް ދަމައިގަނެގެން ހާލު ދެރަވެގެން ހުޅުމާލޭ ގެންދިޔައިރު ވަނީ ނިޔާވެފައެވެ.

މިރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ނިޔާވި މީހާ ކޮވިޑަށް ފައްސި ވެފައިވާ ކަމަށާއި ނަމަވެސް އޭނާ މަރުވީ ގެންބިގެން ކަމަށެވެ. އެހެންކަމުން އެއީ ކޮވިޑް މަރެއްގެ ގޮތުގައި ނުބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!