ބޮލީވުޑް މުނިފޫހިފިލުވުން

100އަށް ވުރެ ގިނަ ދުވަސް ފަހުން ޕްރިޔާންކާގެ ދަރިފުޅު ގެއަށް ބަދަލުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޕްރިޔާންކާ ޗޯޕްރާ ޖޯނަސްއާއި އޭނަގެ ފިރިމީހާ ނިކް ޖޯނަސްގެ ދަރިފުޅު، 100އަށް ވުރެ ގިނަ ދުވަސް ފަހުން އައިސީޔޫއިން ގެއަށް ބަދަލުކޮށްފިއެވެ.

Ads by MWSC

ބައިނަލްއަގުވާމީ ގޮތުން އިއްޔެ ފާހަގަ ކުރި މަންމައިންގެ ދުވަހުގެ މުނާސަބަތުގައި ޕްރިޔާންކާ ވަނީ ދުވަހުގެ ހެޔޮ އެދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހައި މައިންނަށް އަރިސްކޮށް، މަޔަކަށް ވުމަށް ފަހު މިހައިތަނަށް އޭނާއަށް ކުރެވުނު ތަޖުރިބާ ވެސް ހިއްސާ ކޮށްފައެވެ.

ޕްރިޔާންކާ އޭނާގެ އިންސްޓަގްރާމްގައި ޖެހި ޕޯސްޓެއްގައި ބުނެފައި ވަނީ ފާއިތުވީ މަސްތަކުގައި އެ ދެމަފިރިންނަށް ވެސް ހޭދަ ކުރަން ޖެހުނީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާއި އެއީ ހުރިހައި މައިންބަފައިން ވެސް ކުރިމަތިވާނޭ ފިކުރުތަކެއްކަން މިހާރު އެމީހުންނަށް ވިސްނޭ ކަމަށެވެ.

ދަރިފުޅާ އެކު ނަގައިފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ފުރަތަމަ ފަހަރަށް ހިއްސާ ކުރަމުން ޕްރިޔާންކާ ބުނީ އޭނާގެ ދަރިފުޅު 100އަށް ވުރެ ގިނަ ދުވަސް ފަހުން އެންއައިސީޔޫއިން އިއްޔެ ގެއަށް ދޫކޮށްލައިފައިވާ ކަމަށެވެ.

ޕްރިޔާންކާއާއި ނިކްއަށް ދަރިއަކު ލިބިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގައެވެ. މީޑިއާ ބުނެފައިވާ ގޮތުގައި އެ ދެމީހުން ދަރިއަކު ހޯދައިފައި ވަނީ ސަރޮގަސީ މެދުވެރިކޮށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!