އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާ އެކު މުޅި ރާއްޖެއަށް ދަތުރުކުރުމަކީ ލިބުނު ޝަރަފެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިންތިގެ ކެމްޕެއިނުގައި އެންމެ އިސްކޮށް ހަރާކާތްތެރިވަމުންދާ އިވާ ވިދާޅުވީ 13 އަހަރު އިންތިއާ އެކު މަސައްކަތް ކުރެވިފައިވާ ކަމަށާއި އިންތިގެ ކިބައިން ފެނުނީ ތެދުވެރިކަމާ ހަގީގީ އޯގާތެރިކަން ކަމަށެވެ. އަދި އެ އޯގާތެރިކަން ކޮންމެ ރަށަކުން ދިމާވި ކޮންމެ މީހެއްގެ ލޮލުން ފެނުމީ އޭނާއަށް ލިބުން ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ.
ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިން ދަތުރު އިންތިގެ ޓީމުން ފަށައިފައި ވަނީ ޕެބްރުއަރީ މަހުގެ 25ވަނަ ދުވަހުއެވެ.
ޗެއާޕާސަންގެ މަގާމަށް އިންތިއާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ. ރައީސް ނަޝީދު އިންތިއަށް ތާއީދު ކުރައްވާއިރު، ރައީސް ޞާލިޙް ތާއީދު ކުރައްވަނީ ފައްޔާޒަށެވެ. އެއާ އެކު، އިންތިހާބުގެ ފޯރިގަދަވެ އެމްޑީޕީ ދެ ފެކްޝަނަކަށް ބެހި އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ބޮޑެތި ތުހުމަތުތައްކޮށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔަމުންނެވެ.
މީހެކުރިން އިންތިޚާބުތަކުގަ ކެމްޕޭނަށް ރަށްރަށަށް ދާންބުނީމާ އީވާ ބުނީ “އައްޗި މަށަކަށް ނުދެވޭނެ ދަށްދަކައަވީގަ އުޅެން. ގަލޮޅުގަ މައުޅޭނީ. ރަށްރަށަކަށްނުދެވޭނެ މަށަކަށް”
އީވާއަކީ ދޮގު ހެދުމާ ފިރުނަފަސާދައާ އަދި ވައްކަން ކުރުމުގެ ހުނަރުހުރި ޕްރޮފެޝަނަލް ލާމަސީލު ނަމޫނާއެއް.
ދައުކަތުގެ 27 ނުވަތަ އެއަށްވުރެ ގިނަ ޕްރޮޖެކްޓު އެކި ނަންނަމުގަ ކުންފުނި ހަދައިގެން އެއޮތީ ކައްވާލާފަ. މިހާރު އެބަ މަސައްކަތްކުރޭ ލަންކާގެބަޔަކާ ގުޅިގެން ޑައެލޮގް ނެޓްވޯކް ނުވަތަ އެނޫންވެސް އިންޓަނެޓް ހިދުމަތްވެސް ރާއްޖޭގަ ދިނުމަށް.. މިއީ ދައުލަތުގެ ފައިސާ ވަގަށްނަގައިގެން އީވާ ޖައްސަމުންދާ ޖަރީމާތައް.
ތި ޝަރަފެއްގަ ބަގުޑި ބައްދައިގެން އޮވޭ