Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

2023 ކާމިޔާބު ކުރެވޭނީ ޕާޓީ ތެރޭ އޮތް ފިތުނަ ނައްތައިލައިގެން: ފައްޔާޒު

2023 ކާމިޔާބު ކުރެވޭނީ ޕާޓީ ތެރޭ އޮތް ފިތުނަ ނައްތައިލައިގެން: ފައްޔާޒު

2023ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރަން ބޭނުން ނަމަ ޕާޓީ ތެރޭ އޮތް ފިތުނަ ނައްތައިލާން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ކުރިއަށްގެންދިޔަ "ޗެއާޕާސަން ބަހުސް 2022"ގައި ވާހަކަފުޅު ދައްކަވަމުން ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ފައްޔާޒު ވިދާޅުވީ ‏2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ އެ ޕާރޓީ ތެރޭ އޮތް ފިތުނަ ނައްތާލައިގެން ކަމަށާއި ޕާޓީއާއި ސަރުކާރާ އެއްކޮށް މަސައްކަތްކޮށް ވަކި ބަޔަކު ވަށާ އެ ފާޓީގެ މެމްބަރުން އެނބުރޭ އެނބުރުން ނައްތައިލައި އެއްބައިވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ޗެއާޕާސަން މަގާމަށް ހޮވިއްޖެ ނަމަ ޕާޓީގެ މެމްބަރުން ގިންތި ކުރުމުގެ ސިޔާސަތު ނައްތާލާނެ ކަމަށާއި ޕާޓީގެ ކޮންމެ މެމްބަރަކަށް ވެސް ހަމަހަމަ ފުރުސަތު އޮންނަން ޖެހޭ ކަމަށެވެ.

Advertisement
Allied — Dhen Online (box)

“ޕާޓީގައި އޮތް މެމްބަރުން ގިންތިކުރުމުގެ ސިޔާސަތު އަޅުގަނޑު ނައްތައިލާނަން. މި ޕާޓީއަށް ކުރިން އަންނަ މީހާއާއި ކިތަންމެ ފަހުން އައި މެމްބަރެއް ކަމުގައިވިޔަސް މި ޕާޓީގެ މެމްބަރެއް ކަމުގައި ވަނީ ނަމަ ހަމަހަމަ ފުރުސަތު އޮންނަން ޖެހޭ” ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުން މާލޭ ރައްޔިތުންނަށް ވެފައިވާ އެންމެ މުހިއްމު ވައުދަކީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާއިދިނުމުގެ ވައުދު ކަމަށާއި އެ ވައުދު މި އަހަރު ތެރޭ ފުއްދައިދޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް