Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

މާރިޔާގެ ގެކޮޅުގައި އިންޑިއާ އައުޓް ސްޕްރޭކޮށްފި

މާރިޔާގެ ގެކޮޅުގައި އިންޑިއާ އައުޓް ސްޕްރޭކޮށްފި

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ގެކޮޅުގައި ބަޔަކު "އިންޑިއާ އައުޓް" ސްޕްރޭކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާރިޔާގެ ގެކޮޅުގައި އިންޑިއާ އައުޓް ސްޕްރޭކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެކަމަނާގެ ގެކޮޅަށް ވަންނަ ދޮރުގައި އޮރެންޖު ކުލައިން ބޮޑު އަކުރުން އިންޑިއާ އައުޓް ޖަހައިފައިވެއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާއަކީ އިންޑިއާ އައުޓް ހަރަކާތުގައި އެންމެ ބޮޑަށް ނުރުހުން އަމާޒުވާ ވަޒީރެވެ.

Advertisement
Allied Insurance — Square (box)

އިންޑިއާ އައުޓު ހަރަކާތަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާ ދެކޮޅަށް ޕީޕީއެމްއިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

މި ޙަރަކާތަކީ ގައުމީ ސަލާމަތެއް ހުރި ނުރައްކަލެއް ކަމަށް ރިޔާސީ ގަރާރަކުން ވަނީ ކަނޑައަޅައިފައެވެ. އެހެން ނަމަވެސް މި އިބާރާތް ލިޔެފައިވާ ބެނާތައް ދެމުމާއި ކަރުދާސްތައް މަގުމައްޗަށް އެޅުން ފަދަ ކަންކަން މި ފަހުން ވަރަށް ބޮޑަށް ވަނީ އިތުރުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް