ބުރުނީ ކައިރިއަށް ޑައިވިންގއަށް ގޮސް އުޅުނު މީހަކަށް އަނިޔާވެއްޖެ

ތ. ބުރުނީ ކައިރިއަށް ޑައިވިންގއަށް ގޮސް އުޅުނު މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބުރުނީ ދެކުނުން ހަތަރު މޭލު ބޭރުގައި އެންހިފަން އުޅުނު "މާފަތް4" ދޯނީގައި ހުރި 29 އަހަރުގެ ޒުވާނަކި ޑައިވިންގއަށް ގޮސްގެން އުޅުމުގެ ތެރޭގައި އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައި ވަނީ ކޮން އަނިޔާތަކެއްކަން އަދި ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް މި ހާދިސާއާ ގުޅޭގޮތުން އާއްމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އޭނާގެ ކަނާއަތަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.
މި ހާދިސާގައި އަނިޔާ ލިބުނު ޒުވާނާއަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު ތ.އަތޮޅު ހޮސްޕިޓަލަށް މިހާރު ވަނީ ގެންގޮސްފައެވެ.