ޚަބަރު

3000 މީހުންނަށް ގޯތި ދޫކުރުމަށް މި މަހު ހުޅުވައިލާނަން: ރައީސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި ހިނގާ ޖުލައި މަސް ނިމުމުގެ ކުރިން 3000 ގޯތި ދޫކުރަން ހުޅުވައިލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

ގިނަ ދުވަސްތަކަކަށް ފަހު، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް 5،000 ގޯތި ދޫކުރާނެ ކަމަށް، މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައިވާނެ ކަމަށެވެ. އެ ގޯތިތައް ދޫކުރާނީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުން ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ހިނގާ ޖޫން މަސް ނިމުމުގެ ކުރިން 3،000 ގޯތި ދޫކުރުމަށް އިއުލާން ކުރާނެ ކަމަށާއި އޭގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"ލަސްތަކެއް ނުވެ އިއުލާން ކުރެވި މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން ބިންވެރިކަން ހޯދައިދިނުމުގެ މަޝްރޫއު އަމަލީ ގޮތުން ފެށިގެން ދާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ރިޔާސީ ބަޔާނުގައި އިއުލާނު ކުރައްވައިފައި ވަނީ، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށްކަމަށް ރައީސް އޮފީހުން ވެސް މީގެ ކުރިން ވަނީ މާލެ ސިޓީ ކައުންސިލަށް އަންގައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!