Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދިރުވާލައިގެން، މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ޑްރަގް އެތެރެ ކުރަން އުޅުނު މީހަކު އަތުލައިގެންފި

ދިރުވާލައިގެން، މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ޑްރަގް  އެތެރެ ކުރަން އުޅުނު މީހަކު އަތުލައިގެންފި

ދިރުވާލައިގެން ރާއްޖެއަށް އެތެރެ ކުރަން އުޅުނު، މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ޑްރަގު އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ބުނީ އެތެރެހަށީގައި ރައްކާ ކޮށްގެން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 852 ގްރާމުގެ މަސްތުވާތަކެއްޗާ އެކު، ލަންކާ އެއާލައިންސްއިން އައި ޕަސިންޖަރަކު އަތުލައިގެންފައިވާ ކަމަށެވެ.

އެމީހާ އަތުލައިގެންފައި ވަނީ ނިމިދިޔަ މެއި މަހުގެ 30ވަނަ ދުވަހުގައެވެ.

Advertisement
Ooredoo — Square (box)

ކަސްޓަމްސްއިން ބުނިި ގޮތުގައި އެމީހާ އަތުލައިގަތީ، އެދުވަހު އޭނާ ރާއްޖެ އައި އިރު އޭނާގެ އަމަލުތައް ހުރި ގޮތުން އެތެރެހަށީގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެނެސްފައިވާ ކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކުވެގެން ބަލާ ފާސްކޮށް އިތުރަށް ސްކޭން ކުރުމުން އެތެރެހަށިން މަސްތުވާތަކެތި ފެނިގެންނެވެ.

އެގޮތުން އެމީހާގެ އެތެރެހަށިން 80 ބުލެޓް (ހެރޮއިން) ފެނިފައިވެއެވެ. މިތަކެތީގެ އަގު 1،062،444 ރުފިޔާއަށް އަރައެވެ. ކަސްޓަމުން ބުނީ މައްސަލާގައި ހިމެނޭ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް