ރައީސްގެ ރަނިންމޭޓްކަން ގާސިމަށް ހުށަހަޅައިފި: ޓޮމް

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިޢުލާންކުރައްވާ ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ރަނިންމޭޓުކަން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ހުށައަޅުއްވައިފައިވާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.
ޓޮމް މިހެން ވިދާޅުވެފައި މިވަނީ ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޙް މިއަދު މާމިގިއްޔަށް ވަޑައިގެންފައި ވަނިކޮށެވެ. އެއީ ރައީސް ޞާލިޙް ކުރެއްވި ނުރަސްމީ ދަތުރުފުޅެއް ނަމަވެސް، ގާސިމް ވަނީ އެމަނިކުފާނަށް ރަތް ދޫލައިން މަރުހަބާ ދެންނެވުމުގެ އިންތިޒާމުތައް ކުރައްވައިފައެވެ. މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ބައެއް އިސް މެންބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
ރައީސްގެ ދަތުރުފުޅަށް އިޝާރާތް ކުރައްވައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ރިޔާސީ އުއްމީދު ނިމުމަކަށް ގެނެސް ރައީސް ސޯލިހުގެ ރަނިންމޭޓްކަން އެ މަނިކުފާނަށް ހުށަހަޅުއްވައިފައިވާ ކަމަށެވެ.






ކޮމެންޓް